Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 03:29
އެމްއެމްއޭ އިމާރާތް
އެމްއެމްއޭ އިމާރާތް
ގޫގުލް
އެމްއެމްއޭގެ ބަޔާން
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
ހެލިކޮޕްޓަރެއްގައި ގެންނަ ފައިސާތަކަކާ ހަވާލުނުވާ ކަމަށް އެމްއެމްއޭ އިން ބުނޭ

ހެލިކޮޕްޓަރުތަކަކުން ބޭލި ފޮށިތަކަކާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުން ހަވާލުވި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ވާގޮތުން އެ އޮތޯރިޓީން ހެލިކޮޕްޓަރަކުން ގެނާއި ފައިސާއާ ހަވާލުވެފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ މުވައްޒަފުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް, ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކަމުން ގެންދާތީ އެމްއެމްއޭ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ސިޔާސީ ބޭނުންތައް ހާސިލުކުރުމަށްޓަކައި، އެމްއެމްއޭ އާއި ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ނަގާލައި، ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަން އެމްއެމްއޭ އިން ފާހަގަކޮށްފައި ވެއެވެ.

އެމްއެމްއޭ އިން މިހެން ބުނެފައިވާ އިރު، ސައުދީން ގެންނަ ފައިސާތަކެއް އެމްއެމްއޭ އަށް ވެއްދި ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ރައީސް މުހައްމަދު ނަޝީދު  ކުރެއްވި ޓްވީޓެއްގައި ވަނީ ސާރުކާރަށް ސޯޝަލް މީޑިޔާގައި ފާޑުކިޔާ ތޮއްޔިބު ޝަހީމު ހައްޔަރުކޮށްފައިވަނީ ހެލިކޮޕްޓަރެއްގައި ގެނައި ފައިސާތަކެއް އެމްއެމްއޭ އަށް ވެއްދި ކަަމަށް ބުނެ ޓްވީޓް ކުރުމުން ކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ކަމަށް ބުނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ހާމަކޮށްފައި ވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް