Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 18:47
ހިޔާ ފްލެޓުތައް
ހިޔާ ފްލެޓުތައް
ޕީއެސްއެމް
ހިޔާ މަޝްރޫއު
"ހިޔާ މަޝްރޫޢު"ގެ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރަނީ
ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް އަންގާނެ
ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރާނީ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން
•ޙާލަތު ދެނެގަންނަ ޓީމުތަކުން ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހެދުނު 10:00 އާއި ހަވީރު 18:00 ދެމެދުގެ ވަގުތެއްގަ

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީން ނިންމައފިއެވެ.

ކޮމިޓީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ، އެކޮމިޓީން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭގޮތުން ގެޒެޓްކުރި ޢާންމު އިޢުލާނެއްގައެވެ.

ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް އަންގާނެ ކަމަށް އިއުލާނުގައިވެއެވެ.

އަދި ގޭގެއަށް ޒިޔާރަތް ކުރާނީ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށާއި ޓީމުގައި ހިމެނޭ ފަރާތްތަކުގެ އަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑެއް އޮންނާނެ ކަމަށް އިޢުލާނުގައިވެއެވެ. އަދި އެ ޓީމުތަކުން ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހެދުނު 10:00 އާއި ހަވީރު 18:00 ދެމެދުގެ ވަގުތެއްގައެވެ.

Advertisement

އިޢުލާނުގައިވާގޮތުން "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށްޓަކައި، 02 ޑިސެންބަރު 2019 ވަނަ ދުވަހުން ފެށިގެން، ގޭގެއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، ކޮމިޓީގެ ފަރާތުން މިހާތަނަށް ޖުމުލަ 25,244 ފޯމާއި އެ ފޯމުތަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު އެ ލިޔެކިޔުންތަކާ ޙަވާލުވުމަށް ދިގު މުއްދަތެއް ކޮމިޓީން ހޭދަކުރަންޖެހުނުކަން އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ކޮމިޓީން ލިޔެކިޔުންތަކާ ޙަވާލުވިއިރު، އެ ލިޔެކިޔުންތައް ބެހެއްޓިފައި ހުރީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ އެކި ގުދަންތަކުގައި އެކިއެކި ޙާލަތްތަކުގައި ކަމަށާއި ކޮމިޓީން ކުރިއަށްގެންދަނީ މި މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށް އިޢުލާނުގައި ވެއެވެ.

މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ޙަވާލުކޮށްފައިވަނީ "ދިރިއުޅުމުގެ ޙާލަތު" މި ބަޔަށް ރިޢާޔަތްކުރުމެއް ނެތި ކަމަށާއި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތް ކަަމަށް ވެސް އިޢުލާނުގައިވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަން ކޮމެޓީއން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް