Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 02:13
އިލެކްޝަން ކޮމިޝަން
އިލެކްޝަން ކޮމިޝަން
ރާއްޖެއެމްވީ
އިންތިހާބު ފަސްކޮށްފި
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
ރިރެޖިސްޓަކުރަން އަލުން ހުޅުވާލާނެ
މިއީ އިންތިހާބު ފަސްކުރި ތިން ވަނަ ފަހަރު

ސްވައިން ފްލޫ ފެތުރެމުންދާ ކަމަށް ބުނެ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފި އެވެ.

މިގޮތަށް ނިންމީ އިންތިހާބާ ބެހޭ ގޮތުން ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީގެ ކުއްލި ބައްދަލުވުމުގަ އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާއެކު މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މެއި 6 ގައި ކަމަށެވެ. މިގޮތަށް ނިންމީ، ސްވައިން ފްލޫ ފެތުރޭތީވެ، މީހުން އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް، އެޗްޕީއޭއިން ވެސް ލަފާ ދިނުމުން ކަމަށެވެ.

އިންތިހާބު ފަސްކުރުމަށް ދެ ފަރާތެއް ފިޔަވައި ކޮމިޓީގައި ތިއްބެވި އެހެން ބޭފުޅުން ލަފާ ދެއްވި ކަމަށް ވެސް އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރުމުން ރި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި ތިން ވަނަ ފަހަރެވެ.

ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި އޮތީ ޖެނުއަރީ 14 ގަ އެވެ. އެ ތާރީހް ފަސްކުރީ، އިލްކެޝަންސް ފަސްކުރުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. ކޯޓުގެ ނިންމުމާ އެއްގޮތަށް އިންތިހާބު އޭޕްރީލް 8 އަށް ބަދަލުކުރި އެވެ. އެ ތާރީޚް ވެސް ބަދަލުކޮށް އެންމެ ފަހުން އޮތީ އޭޕްރީލް 15 ގައި އިންތިހާބު ބޭއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް