Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 13:08
ފުވައްމުލަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ފުވައްމުލަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ފުވައްމުލަކު ސިޓީ
ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ މައްސަލަ ޖެހިއްޖެ
ގިނަ ގޭގޭގައި ފާޚާނާ ބޭނުން ނުކުރެވޭ ކަމަށް މައުލޫމާތުދޭ
މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ނަރުދަމާ މައްސަލަޖެހި ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާޙު ޝަރީފް ވިދާޅުވީ ހުކުރު ދުވަހު އެރަށަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެރަށުގެ ނަރުދަމާ މައްސަލަ ޖެހި ރައްޔިތުނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ނަރުދަމާ ނިޒާމުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގޭގޭގައި ފާޚާނާ ބޭނުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ނަރުމަދާމާގެ މައްސަލަ ދިމާވާ ކަމަށާއި ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާކަން ފަލާޙު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

ފަލާޙު ވިދާޅުވީ އެރަށުގެ ސޮލިޑް ސިސްޓަމް ބަލަހައްޓަމުންދަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށާއި އެކަން ޙައްލު ކުރުމަށް ފެނަކައިން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލަ އަދި ޙައްލު ކުރެވިފައި ނުވާ ކަމަށް ފަލާޙު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ހުކުރު ދުވަހު ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ފެން ހިންދުމުގެ މަސައްކަތުގައި އެރަށުގައި ޙަރަކާތްތެރި ވެފައެވެ.

ފަލާޙު ވިދާޅުވީ ހުކުރު ދުވަހު އެރަށަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެ ގޭތެރޭގައި ބޭނުންކުރާ ބައެއް ތަކެއްޗަށް ފެނުގެ އަސަރު ފޯރާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް