Advertisement
ކ. މާލެ
|
17 މާރޗް 2017 | ހުކުރު 23:23
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް
ޓްވިޓަރ
ފެނަކައިގެ މުސާރަ
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
އުސޫލުން ބޭރުން ބައެއް މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ފެނަކައިގެ މުވައްޒަފުން ބުނޭ
މުސާރަ އަށް ބަދަލު ގެނައުމުން ބައެއް މީހުންނަށް 2،000ރ. ކެނޑޭ

ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރުމަށް ފެނަކައިގެ ބޯޑުން މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ ބައެއް މުވަައްޒަފުން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފެނަކައިގެ މުވައްޒަފުން ބުނީ މީގެ 15 ދުވަސް ކުރިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ގެނައި ބަދަލާ އެކު ބައެއް މުވައްޒަފުންގެ މުސާރައިން 2،000ރ. ކެނޑޭ ކަމަށާއި އަދި އަނެއް ބައި މުސާރައިން 4،000ރ. ކެނޑޭ ކަމަށެވެ.

މައުލޫމާތު ދިން މުއްޒަފުން ބުނި ގޮތުގައި ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ އިތުރަށް ބައެއް މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ވެސް ފެނަކަ ބޯޑުން ކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ގިނަ ދުވަސްތަކެއްވެފައިވާ ތަޖުރިބާ ހުރި މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހަފްތާ ތެރޭގައި ފެނަކައިގެ ބޯޑް މެމްބަރުން އައްޑޫ ސިޓީ އަށް ދަތުރެއް ކުރި ކަމަށެވެ. ނަމަވެސް ފެނަކައިގެ ޗެއާމަނަށް އެ ބައްދަލުވުމަށް ވަޑައިގެންނެވޭ ގޮތް ނުވުމުން އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފެނައިގެ މުވައްޒަފުން ބުންޏެވެ.

އެ މުވައްޒަފުން ބުނީ މުސާރަތައް ބަދަލު ގެނެސްފައިވާއިރު ފެކައިގެ ވަޒީފާ އަށް މީހުން ވެއްދުމަށް ހަމަޖެހިފައިވާ އުސޫލުން ބޭރުން ފެނަކައިގެ އެމްޑީ ބައެއް މީހުންނަށް ވަޒީފާ ދީ އަދި އެ މީހުންނަށް ބޮޑެ މުސާރައެއް ހަމަޖައްސާ ދީފައިވާ ކަމަށެވެ. އެގޮތުން އުސޫލުން ބޭރުން ވިއްސަށް ވުރެ ގިނަ މީހުންނަށް ބަޒީފާ ދީފައިވާ ކަމަށާއި އެ މީހުންނަށް 20،000ރ. އަށް ވުރެ ބޮޑު މުސާރައެއް ހަމަޖއްސާދީފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މުވައްޒަފުން ބުންޏެވެ.

ހަމައެހެންމެ ނުފޫޒްގެ ބޭނުން ކޮށްގެން އެމްޑީ ޝަރީފް ފެނަކައިން ވަޒީފާ ދިން ގިނަ މީހުންނަކީ އެމްޑީ ޝަރީފްއާ ގާތް ގުޅުންތަކެއް އޮންނަ އަދި އެމްޑީ ޝަރީފް ނިސްބަތްވާ ތިމަރަފުށީ މީހުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ މުސާތައް ކުޑަކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އޯޓީ އަދި އެހެން ބައެއް އެލެވެންސްތައް ފިކްސް ކޮށްފައިވާ ކަމަށާއި އަދި އެގޮތަށް އެ ބަދަލުތައް ގެނައީ އޮޑިޓާ ޖެނަރަލް ދެއްވާފައިވާ ލަފާގެ މަތިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކައިން ބައެއް މުވައްޒަފުން ވަކިކުރުމާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ އެއްވެސް މުވައްޒަފަކު ފެނަކައިން ވަކުރުމަށް ނިންމާފައި ނުވާނެ ކަމަށާއި ނަމަވެސް ފެނަކަ އަށް ބައެއް ސްޓްރަކްޗަރަލް ބަދަލުތައް ގެންނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ފެނަކަ އޮފީހަށް ވެސް ބައެއް ކަހަލަ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އުސޫލުން ބޭރުން ފެނަކައިން އެއްވެސް ބަޔަކަށް ވަޒީފާ ދީފައި ވާނެތޯ ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ވޭތޯ ޖެހޭނީ ބަލަން ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް ގާތް އެކުވެރިއަކަށް ނުވަތަ ގާތްތިމާގެ މީހަކަށް ވަޒީފާ ދީފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އިއުލާން ނުކޮށް ފެނަަކައިގެ ވަޒީފާ އަށް އެއްވެސް މީހަކު ނަގާފައި ނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް