Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 23:21
ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ފުރާވަޑައިގަންނަވަނީ
ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރައީސް ސޯލިހު، ރައީސް ނަޝީދު
ވަލީއަހުދުގެ ދައުވަތަކަށް ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް
މި ދަތުރުފުޅަކީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

އަބޫ ދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވާ ކަމަށެވެ. މިއީ ޔޫއޭއީގެ ވަލީ އަހުދު އަދި ޑެޕިއުޓީ މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަޖިލީހުން ބުނެއެވެ.

ދެ ރައީސުންގެ މި ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް އަދި ދެ އޮފީހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް