Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 22:15
މީޑިއާނެޓްގެ ސޭލްސް ސެންޓަރު
މީޑިއާނެޓްގެ ސޭލްސް ސެންޓަރު
ރާއްޖެއެމްވީ
މީޑިއާނެޓް
އާދިއްތަ ދުވަހު މީޑިއާނެޓްގެ ހިދުމަތަށް ބުރޫއަރާނެ
މެންދަމު 02:00 އަކުން ހެނދުނު 07:00 އަކަށް ހިދުމަތަށް ބުރޫއަރާނެ ކަމަށް މީޑިއާނެޓުން ބުނި

ޑިސެމްބަރު އެއްވަނަ ދުވަހު މީޑިއާނެޓްގެ ހިދުމަތަށް ބުރޫއަރާނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހު މެއިންޓެއިނެންސް މަސައްކަތަށް ކުރިއަށްގެންދާނެތީ، އެ ދުވަހުގެ މެންދަމު 02:00 އަކުން ހެނދުނު 07:00 އަކަށް ހިދުމަތަށް ބުރޫއަރާނެ ކަމަށެވެ. އަދި މެއިންޓެއިނެންސް މަސައްކަތް ކުރިއަށްގެންދަނީ މީޑިއާނެޓުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް މީޑިއާނެޓުން ބުންޏެވެ.

Advertisement

މީގެ އިތުރުން މީޑިއާނެޓުން ބުނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާނެ ކަމަށާާއި ހުރިހާ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް