Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 13:16
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން
ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދިޔައީ ހެލްތް ސްކްރީނިންއަށް: ކަރެކްޝަންސް
ޔާމީނުގެ މައްޗަށް އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް
ޔާމީންގެ ހޮސްޕިޓަލަށް ގެންދެވުނީ އުސޫލުގެ ދަށުން ހެލްތް ސްކްރީން ކުރަން
ރައީސް ޔާމީން ހޮސްޕިޓަލަށް ގެންދިޔައީ ސިއްހީ މައްސަލައެއް ދިމާވެގެން ނޫން

މަނި ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމު އުސޫލުގެ ތެރެއިން ހެލްތް ސްކްރީންކުރުމަށް ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖަލު ހުކުމް ކުރާ މީހެއް ޖަލަށް ގެންދިޔުމާއެކު ސިއްހީ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓްތަށް ހެދުމަށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުރީގެ ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި ގައިދީއެއް ޖަލަށް ގެންދިޔުމާއެކު ސިއްހީ ހާލާތު ދެނެގަތުމަށް ޓެސްޓް ހެދުމަކީ ނުވަތަ ހެލްތް ސްކްރީން ކުރުމަކީ އޮންނަ އުސޫލުގެ ތެރެއިން ކުރާކަމެއްކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ ރައީސް ޔާމީން ހޮސްޕިޓަލަށް ގެންދިޔައީ ސިއްހީ މައްސަލައެއް ދިމާވެގެން ނޫންކަން ކަށަވަރު ކޮއްދެއްވާފައެވެ.

Advertisement

ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަކީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަމުގެ ދައުވާއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. އެއީ ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު އިއްވި ހުކުމުގައި ބުނެފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މއ.ކާމިނީ ހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރީމަނާކޮށް، ފައިސާ 28 ނޮވެމްބަރު 2019 އިން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވިސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންގައި، މައްސަލަ ބެއްލެވި 5 ގާޒީންގެ އިއްތިފާގުން ހުކުމްކޮށްފައިވާކަމަށެވެ.

ހާމަކަންބޮޑު ގޮތެއްގައި އިންސާފުވެރިކަމާއެކު ކުރެވުނު މި ޝަރީއަތުގައި ރައީސް ޔާމީނަށް ހުކުމްކުރުމާއެކު ރާއްޖޭގައި އަލަށް އިންސާފުވެރި ޝަރީއަތެއް ކޯޓެއްގައި ކުރެވިއްޖެކަމަށް ބުނެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި އުފާ ފާޅުކޮށްފައިވާއިރު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ގާނޫނީ އިޖްރާއަތްތަކާއި ހިލާފަށް އިއްވި ސިޔާސީ ހުކުމެއްކަމަށާއި މި ސަރުކާރު ވެރިކަމުގައި އޮތްހާ ދުވަހަކު އެމަނިކުފާނަށް އިންސާފުލިބޭނެކަމަށް ގަބޫލުނުކުރާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް