Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 09:56
އުލިގަމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގެ ސޮއިކުރުން
އުލިގަމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގެ ސޮއިކުރުން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ ހުކުރު ދުވަހު
އިންޖީނުގޭގެ މަސައްކަތް ކުރަނީ 2އެލް ޕްރިއިވެޓް ލިމެޓެޑުން

ހއ. އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ހުކުރު ދުވަހު އުލިގަމއުގައި ބޭއްވި ޚާއްސަ ރަސްމިއްޔޭތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ބިންގާ އެޅުނު އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ކިތެންމެ ދުރުގައި އިމާރާތް ކުރެވިފައި ހުރި ނަމަވެސް އޮފީހަށް އަންނަން ޖެހޭ މާބޮޑު ބޭނުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ގޭތެރޭ ތިބެގެން ކަރަންޓް ބިލް ދެއްކުމުގެ ނިޒާމް ހަމަޖެހިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ލިބޭ ބިލަކީ، ގޭ ދޮރުމަތީ ހުރެގެން ޕްރިންޓް ކުރެވިގެން ނުކުންނަ ކުޑަކުޑަ ބިލަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުން 2އެލް ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ( ފަސްމިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާއަށެވެ. މި މަސައްކަތް 2އެލް ކޮންސްޓަރަކްޝަން އާއި ހަވާލު ކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް