Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 09:44
ރާއްޖެއަށް ކުރަމުން ދާ ވިއްސާރަ
ރާއްޖެއަށް ކުރަމުން ދާ ވިއްސާރަ
މުހައްމަދު ޝަރުހާން
މޫސުން
ރާއްޖެއަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް އޮފީސް
ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބޭޙޭ ގައުމީ އިދާރާއިން ހުކުރު ދުވަހުގެ ހެނދު 10:00 ފެށިގެން ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް ވަނީ ބުނެފައެވެ.

Advertisement

އެ އިދާރައިން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

އެ އިދާރާއިން ހުކުރު ދުވަހުގެ ހެނދުނު 6:30 އިން 9:30 ކ އަތޮޅުން ތ އަތޮޅަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާރޓް ނެރެފައިވާ އިރު ހއ.އޮތޮޅުން ޅ. އަތޮޅަށް، އަދި ލ. އަތޮޅުން އައްޑޫ ސިޓީއަށް ހެނދުނު 8:00 އިން 14:00 އަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވަނީ ވައިޓް އެލާރޓް ނެރެފައެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބުރާސްފަތި ދުވަހު އިރު އޮއްސުނު އިރު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ އެކި ޞަރަޙައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ގައުުމީ އެއާރލައިން، މޯލްޑިވިއަނުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ޓްވީޓޭއްގައި ބުނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ބައެއް ބޯޓުތަކުގެ ފުރުން ލަސްވާތީ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.އެކަން އެގޮތަށް ދިމާވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މޯލްޑިވިއަން އިން ވަނީ މާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް