ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 09:22
އާޓިސަން ބޭކަރީ
އާޓިސަން ބޭކަރީ
ގޫގުލް
ބަންގްލަދޭޝް
ޑާކާގެ ކެފޭއަކަށް ހަމަލާދިން ހަތް މީހަކު މަރަން ހުކުމްކޮށްފި
އެ ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގައި
އެމީހުން ކެފޭ އަށް ވަދެ އެތާ ތިބި މީހުން ރަހީނު ކުރި ކަމަށް ރިޕޯޓްތައް ބުނޭ

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި މަހު ޑާކާގައި ހުންނަ އާޓިސަން ބޭކަރީއަށް ބަޔަކު ވަދެ ދިން ހަމަލާއާއި ގުޅިގެން ހަތް މީހަކު މަރަން ހުކުމް ކޮށްފިއެވެ.

މީގެ ތިން އަހަރުކުރިން އާޓިސަން ބޭކަރީއަށް ހަތިޔާރު އެޅި ފަސް މީހަކު ވަދެ، ވަނީ އެތަނުގައި ތިބި މީހުން 12 ގަޑިއިރު ވަންދެން ރަހީނު ކޮށްފައެވެ. ކެފޭއަށް ވަން މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ބަޑީގެ ކުރިމަތިލުމުގެ ތެރެއިން، ކެފޭގައި ތިބި 22 މީހަކު މަރާލަފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ އަދި އިޓަލީއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އެ ހާދިސާގައި ރަހީނު ކުރި މީހުންގެ ތެރެއިން 60 މީހަކު ސަލާމަތް ކުރި ކަމަށް ރިޕޯޓްތައް ބުނާއިރު، ސަލާމަތީ ބާރުތަކުގެ ހަމަލާގައި، ކެފޭއަށް ހަތިޔާރާއެކު ވަން ފަސް މީހަކު ވަނީ މަރާލާފައެވެ.

އެހަމަލާގެ ޒިންމާ ނަގާފައިވަނީ މިހާރު ބަލިވެފައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުން ކަމަށް ހަބަރުތައް ބުނެއެވެ. އެހެން ނަމަވެސް ބަންގުލަދޭޝް ސަރުކާރުން ބުނީ، ހަމަލާދިން މީހުން ނިސްބަތްވަނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީނަށް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ދަން ޖައްސަން ހުކުމް ކުރި މީހުންގެ ތެރޭގައި، ކެފޭއަށް ވަން މީހުނަށް ހަތިޔާރު ފޯރުކޮށް ދިން މީހުން ވެސް ހިމެނެއެވެ.

- ކޮމެންޓް
29 ނޮވެންބަރ 2019 | ހުކުރު 11:12
އެދުރު ހަސަން
ނޯ ކޮމެންޓް