Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 01:06
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ސިމާހާ ނަސީމް
މޯލްޑިވިއަން
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓު ދަތުރުތައް ލަސްވެދާނެ: މޯލްޑިވިއަން
ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މޯލްޑިވިއަން އިން ވަނީ މާފަށް އެދިފަ
މޯލްޑިވިއަން އިން ވަނީ ބޮޑު ޗުއްޓީއަށް ދިމާކޮށް ޝެޑިއުލް ފްލައިޓްތައް އިތުރުކޮށް ފެއަރ އަގުވެސް ތައާރަފްކޮށްފަ

މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވާ ޓެކްނިލަކް މައްސަލަތަކގައި މޯލްޑިވިއަންގެ ބައެއް ބޯޓުތަކުގެ ފުރުން ލަސްވަމުން އަންނަ ކަމަށް އެއެެއަރ ލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ޓްވީޓޭއްގައި ބުނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ބައެއް ބޯޓުތަކުގެ ފުރުން ލަސްވާތީ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އެކަން އެގޮތަށް ދިމާވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މޯލްޑިވިއަން އިން ވަނީ މާފަށް އެދިފައެވެ.

Advertisement

ޤައުމީ އެއަރ ލައިން މޯލްޑިވިއަނުން މީގެ މެހެއްހާ ދުވަސް ކުރިން ސީދާ ކޮޗިނަށް ދަތުރުތައް ފަށާފައިވާއިރު މޯލްޑިވިއަނުން ދަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއަރލައިނުން ދަތުރުތައް ކުރެއެވެ.

އޭގެ އިތުރުން މޯލްޑިވިއަނުން ވަނީ ބޮޑު ޗުއްޓީއަށް ދިމާކޮށް ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައެވެ. ޖުމްލަ ހަތް ސެކްޓަރއަށް ފްލައިޓް ތައް އިތުރުކޮށްފައިވާއިރު ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ވަނީ ތަޢާރަފުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް