Advertisement
ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 18:59
ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކަނީ
ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކަނީ
އެމްއެންޑީއެފް
މޫސުން
ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް އަންގައިފި
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނޭ

ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

Advertisement

މީގެ އިތުރުން ކަނޑުތައް، ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވުމުގެ އިތުރުން ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ބުރާސްފަތި ދުވަހު އިރު އޮއްސުނު އިރު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ އެކި ޞަރަޙައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް