Advertisement
ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 15:07
ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި
ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި
ރާއްޖެއެމްވީ
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީނަށް ހުކުމް އިއްވުމާއި ގުޅިގެން އިދިކޮޅުގެ ސަޕޯޓަރުން ރަތަށް!
ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލާފައިވޭ
ރާއްޖެޓީވީގެ ކްރޫއިންނަށް ވެސް ޔާމީންގެ ސަޕޯޓަރުން ވަނީ އިންޒާރު ދީފައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓް ޞަރަޙައްދުގައި އިދިކޮޅު ސަޕޯޓަރުން ނުރުހުން ފާޅު ކުރަމުން އެބަގެންދެއެވެ.

އެ ޞަރަޙައްދުގައި ޙަރަކާތްތެރިވާ ރައީސް ޔާމީނުގެ ސަޕޯޓަރުން ގޮވަމުންދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްތިޢުފާއަށެވެ. މީގެ އިތުރުން ރާއްޖެޓީވީގެ ކްރޫއިންނަށް ވެސް ޔާމީނުގެ ސަޕޯޓަރުން ވަނީ އެ ޞަރަޙައްދަށް ނުދިއުމަށް ބުނެ އިންޒާރު ދީފައެވެ.

Advertisement

މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިތިފާޤުވެވިފައިވަނީ 8 ކަމަށް ރިއާޔަތްކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަކީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަމުގެ ދައުވާއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. އެއީ ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް