ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 08:53
އީރާނުގެ ކޮންސިއުލޭޓްގައި އަލިފާން ރޯވެ އަނދަނީ
އީރާނުގެ ކޮންސިއުލޭޓްގައި އަލިފާން ރޯވެ އަނދަނީ
އަލްޖަޒީރާ
އިރާގުގެ މުޒާހަރާ
އިރާގުގެ ނަޖާފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި އަލިފާން ރޯކޮށްލައިފި
މިސިޓީގައި 07 މީހަކު މަރުވެ، 50 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމަށްވެފައި
ކޮންސިއުލޭޓްގައި އިރާގުގެ ދިދަ ވަނީ ނަގާފައި
އީރާނުގެ ކޮންސިއުލޭޓް ރޯކޮށްލީ އެތަނުން މުއައްޒަފުން ނެރުމަށްފަހު

އިރާގުގެ ނަޖާފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި އަލިފާން ރޯކޮށްލައިފިއެވެ.

އީރާނުގެ ކޮންސިއުލޭޓްގައި އަލިފާން ރޯކޮށްލީ ބުދަ ދުވަހު އިރާގުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއްގައެވެ.

އިރާގު މުޒާހަރާގެ ބައިވެރިން އިރާނާ ދެކޮޅަށް ޝުއޫރުފާޅު ކުރުމުގެގޮތުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު އަމަލުކަމަށް ރިޕޯޓުތަކުން ބުނެއެވެ. އިރާގުގެ ވެރިއަށް ބަގްދާދުގައި ޝިއީ މުސްލިމް މެޖޯރިޓީގެ މީހުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ވަނީ ދުވަސްކޮޅެއްވެފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިމުޒާހަރާތަކުގައި އިރާގުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ބަޑިޖެހުމުން މިހާތަނަށް ނަޖާފް ސިޓީގައި 07 މީހަކު މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަހަމަށްވެފައިވާ ކަމަށެވެ.

އިރާނުގެ ކޮންސިއުލޭޓް ވަށައިގެން މުޒާހަރާގެ ބައިވެރިން އެތުރި، ކޮންސިއުލޭޓްގައި އަލިފާން ރޯކޮށްލުމުގެ ކުރިން އެތަނުގެ ހުރިހާ މުއައްޒަފުން އެތަނުން ސަލާމަތްތެރިކަމާއެކު ވަނީ ނެރިފައެވެ. އަދި އަލިފާން ރޯކޮށްލުމުގެ ކުރިން ވަނީ އިރާނުގެ ދިދަ ބާލައި، އިރާގު ދިދަ ވެސް ނަގާފައެވެ.

މިހާދިސާއާ ގުޅިގެން މިހާރު އެސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

އިރާގުގައި މިމުޒާހަރާތައް ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުން ފަށައިގެންނެވެ.

މިއީ އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) 2017 ވަނަ އަހަރު ބަލިކޮށްލި ފަހުން އެ ގައުމުގައި ހިންގަމުންދާ އެންމެ ވަރުގަދަ ހަމަނުޖެހުންތަކެވެ.

- ކޮމެންޓް