Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 18:35
މާލޭގައި އުޅޭ ބިދޭސީންތަކެއް
މާލޭގައި އުޅޭ ބިދޭސީންތަކެއް
މުހައްމަދު ފަޒީން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވޯކް ވިސާ ނެތި މަސައްކަތްކުރާ 25 ބިދޭސީއެއް ހޯދައިފި
މި އޮޕަރޭޝަންގައި ޖުމުލަ 14 ތަނެއްގެ އިންސްޕެކްޝަން ހަދާފައިވޭ
ލިއެކިއުންތައް ހަމަ ނުވުމުގެ ސަބަބުން 6 ތަނަކަށް ވަނީ އިންޒާރުދީފަ
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭ

މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވޯކް ވިސާ ނެތި މަސައްކަތް ކުރާ 25 ބިދޭސީއެއް ހޯދައިފިއެވެ.

މާލޭގެ ބައެއް ކެފޭތަކާއި ރެސްޓޯރަންޓް ތަކާއި ފިހާރަތަކަށް ވަދެ އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އެތަނުގައި ތިބި ބިދޭސީންނާއި ސުވާލުކޮށް، އެ ފަރާތްތަކުގެ ލިއެކިއުންތައް ޗެކް ކޮށްފައެވެ.

Advertisement

އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ޖުމުލަ 14 ތަނެއްގެ އިންސްޕެކްޝަން ހަދާފައިވާއިރު، ވޯކް ވިސާ ނެތި މަސައްކަތް ކުރަމުންދާ 25 ފަރާތެއް ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ލިއެކިއުންތައް ހަމަ ނުވުމުގެ ސަބަބުން 6 ތަނަކަށް ވަނީ އިންޒާރުދީފައެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުމަށް ސަރުކާރުން ވަނީ "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކަރސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ. މިހާތަނަށް އެ މައްސަލަ ޙައްލުކުރުމަށްޓަކައި އެ ޓާސްކްފޯސް ވަނީ އެއް އަހަރު ދުވަހަށް ލޭބަރުން ރާއްޖެ ގެނައުން މަނާކުރުމަށް ނިންމާފަ އެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯކްޕާރމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
28 ނޮވެންބަރ 2019 | ބުރާސްފަތި 07:49
އިންސާހީ
25 ހޭ ހުވާތަ... ހާދަ ގިނައޭ ދޯ ހަމަ ހައިރާން ވެއްޖެ.
27 ނޮވެންބަރ 2019 | ބުދަ 22:18
އަޝްރަފް
ނިކަން ހުޅުމާލެ ފޭސް 2ގެ އިންސްޕެކްޝަން ހަދާލަބަލަ ބީ ޔޫ ސީ ޖީގަ އެއްވެސް ދިވެއްސަކަށް ސަބްކޮށް މަސައްކަތް ނުދީ ވަގައް އުޅޭ ބަންގްލަދޭޝް މީހުން މުސާރަ ދީގެން މުވައްޒަފުން ނަށް ހަދައިގެން އެތަނުގަ ފޮރުވައިގެން ގެންގުޅެނީ ހުރިހާ ފައިސާއެއް ރާއްޖޭން ބޭރަށް މި ދެެރަވަރު ކަމެއް.! އިމިގްރޭޝަން އިންވެސް ބަލަނީ އަރމުން އަންނަ ދިވެހި ކުންފުނިތަށް ހޭއަރުވާލެވޭތޯ