Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 17:26
އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން
އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ ލީޑަރޝިޕް އިންތިހާބު
އެމްޑީޕީ ލީޑަރޝިޕް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި، ނަތީޖާއަށް ބަދަލެއް ނާދޭ
ރައީސް ނަޝީދު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފެންނަކަމަށް 24،202 ވޯޓު ލިބިފައިވޭ
ނައިބް ރައީސްގެ މަޤާމަށް ޝިފާޒް އިންތިޚާބުވެވަޑައިގެންފައިވަނީ 13،815 ވޯޓު ލިބިގެން
އަސްލަމަށް ލިބިވަޑައިގެންފަނީ 10،840 ވޯޓް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފިއެވެ.

ބުދަ ދުވަހު ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ވަގުތީ ނަތީޖާގައި ހުރި ވޯޓުގެ އަދަދުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ނަތީޖާ ދައްކާގޮތުން ރައީސް މުހަައްމަދު ނަޝީދު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފެންނަކަމަށް 24،202 މީހުން އަދި ނުފެންނަ ކަމަށް 421 މެންބަރުން ވަނީ ވޯޓު ދީފައެވެ. ޖުމްލަ 25،102 މީހުން ވޯޓް ދީފައިވާއިރު ސައްޚަ ވޯޓުގެ އަދަދަކީ 24،623 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 479 އެވެ.

Advertisement

އޭގެ އިތުރުން، ނައިބް ރައީސްގެ މަޤާމަށް އެޕާޓީގެ ނައިބްގެ މަޤާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިމަތިލައްވައި، ވަގުތީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު، ޝިފާޒު ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލަށް, އެ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާދިއްތަ ދުވަހު ހުށަހަޅުއްވާފައިވެއެވެ.

މިހާރު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ވޯޓުގެ އަދަދަށްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ނައިބް ރައީސްގެ މަޤާމަށް ޝިފާޒް އިންތިޚާބުވެވަޑައިގެންފައިވަނީ 13،815 ވޯޓު ލިބިގެންނެވެ. އަސްލަމަށް ލިބިވަޑައިގެންފަނީ 10،840 ވޯޓެވެ. ޖުމްލަ 25،102 މެންބަރުން ވޯޓުލާފައިވާއިރު ސައްޚަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.

އެމްޑީޕީގެ ދަފްތަރުގައި 88،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުލާފައިވަނީ 25،000 ހާސް ވަރަކަށް މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް