Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 09:23
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވަނީ
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވަނީ
ރައީސް އޮފީސް
ފަންނު އެކްސްޕޯ
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި
ފަންނުވެރިންނަށް މިރޮނގުގައި ކުރިޔަށްދިއުމަށް ހިތްވަރުދެއްވާފައިވޭ
ފަންނު އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 28 ގެ ނިޔަލަށް
މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ބައިވެރިވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ "ފަންނު އެކްސްޕޯ 2019"، މައުރަޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް އަންގާރަ ދުވަހުގެ ހަވީރު ދަރުބާރުގެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ޘަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އެކިއެކި އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ބައްލަވާލައްވައި ފަންނުވެރިންނަށް މިރޮނގުގައި ކުރިޔަށްދިއުމަށް ހިތްވަރުދެއްވާފައިވެއެވެ.

Advertisement

ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން މިމަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާ ހިމެނޭ ޞަރަޙައްދުގަ ކުރިޔަށްގެންދާ މައުރަޒެކެވެ.

މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. މިއީ ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކުރުމަށް އެހީވެދިނުމުގެ ގޮތުން ކުރިޔަށްގެންދާ މައުރަޒެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް