Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 22:48
މަޑަވެލީގެ ރަށްބޭރުން
މަޑަވެލީގެ ރަށްބޭރުން
ޓްވިޓަރ
މަޑަވެލި
މަސް ހިފަން ދިޔަ އުމުރުން ދުވަސްވީ މީހެއް ގެއްލިގެން ހޯދަނީ
އެމީހާގެ އުމުރަކީ 72 އަހަރު
މަސް ހިފަން ދިޔައީ އެކަނި ކަަމަށް ފުލުހުން ބުނޭ

މަސް ހިފަން ދިޔަ އުމުރުން 72 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ގދ. މަޑަވެލިން މަސް ހިފަން ދިޔަ އުމުރުން 72 އަހަރުގެ މީހެއް ގެއްލިގެން އުޅޭ ކަމަށް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން އިތުރަށް ބުނީ، އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެމީހާ ފެނުނު ކަމެއް އަދި ޔަގީން ވެފައެއްނުވެއެވެ.

އެ ފިރިހެން މީހާ މަސް ހިފަން ދިޔައީ އެކަނި ދަލެއް ހިފައިގެން އެރަށުގެ ފަރު މައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް