Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:40
އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ފަރާތްތަކުން 2015 ވަނަ އަހަރު މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން
އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ފަރާތްތަކުން 2015 ވަނަ އަހަރު މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ޓްވިޓަރ
ކަމިޝަނަރ އޮފް ޕޮލިސް
މިއަހަރުގެ މިހާތަނަށް ޓެރެރިސްޓް ޖަމާއަތުގެ މެންބަރަކަށްވުމުގެ 7 މައްސަލަ ހުށަހެޅިފައިވޭ: ޕޮލިސް
ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ތިން މައްސަލައެއް ވަނީ ބަލަން ފަށާފައި
ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ އެއް މައަސަލަ ވަނީ ފައިލް ކުރެވިފައި

މިއަހަރުގެ މިހާތަނަށް ޓެރެރިސްޓް ޖަމާޢަތުގެ މެންބަރަކަށްވުމުގެ ހަތް މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުން 2 މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން އެނގިއްޖެ އެވެ.

Advertisement

އަންގާރަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހަރުކަށީ ފިކުރުގެ މައްސަލަތަކުގެ ތަފާސް ހިސާބްތަށް އާންމުކުރައްވާފަ އެވެ. އެ ތަފާސް ހިސާބްތަކުގައިވާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމުގެ ހަތް މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ތިން މައްސަލައެއް ބަލަން ފަށާފައިވާއިރު ފައިލް ކޮށްފައިވަނީ އެއް މައްސަލައެވެ.

ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓެރެރިޒަމްގެ އެހެނިހެން މައްސަލަތަކެވެ. އެގޮތުން ޓެރެރިޒަމްގެ ފަސް މައްސަލައެއް ހުށަހެޅިފައިވާއިރު ހަތަރު މަސައްލައެއް ވަނީ ބަލަން ފަށާފައެވެ. އަދި ހަ މައްސަލައެއް ފައިލް ކޮށްފައިވެއެވެ.

ކުޑަކުދިންގެ ވެކްސިން ނުދީގެން ތިން މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މިކަމާއި ގުޅޭ ދެ މައްސަލައެއް ބަލަން ފަށާފައިވާއިރު ފައިލްކޮށްފައިވަނީ އެންމެ މައްސަލައެކެވެ.

ތަފާސް ހިސާބު ދައްކާގޮތުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުމުގެ ދެ މައްސަލެއް ހުށަހެޅި ދެ މައްސަލައެއް ވަނީ ބަލަން ފަށާފައެވެ. ޓެރެރިސްޓް ޖަމާޢަތަކަށް މީހުން ރެކްރޫޓް ކުރުމުގެ ދެ މައްސަލަ ހުށަހެޅި ދެ މައްސަލަ ބަލަން ފަށާފައިވާއިރު، ޓެރެރިޒަމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކުރުން އެއްޗެއް ލިޔުން ނުވަތަ މުއާމަލާތްކުރުމުގެ ދެ މައްސަލައެއް ހުށަހެޅި ދެ މައްސަލަ ވަނީ ބަލަންފަށާފައެވެ. މީގެއިތުރުން ޓެރެރިސްޓް ޖަމާޢަތަކަށް ފައިސާގެ އެހީވުމުގެ އެއް މައްސަލައެއް ހުށަހެޅި އެއް މައްސަލައެއް ބަލަން ފަށާފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ހަރުކަށި ފިކުރުގެ މައްސަލަތަކާއި ގުޅިގެން މިއަހަރުގެ މިހާތަނަށް ދައުވަކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ޓެރަރިޒަމަށް ހިތްވަރުލިބޭފަދަ ކަމެއްކުރުމުގެ ކުށުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް