Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 13:35
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޑިސެމްބަރ 5 އާ ހަމައަށް މަޖިލީހުގެ މިދައުރު ދިގު ދައްމާލަނީ
ދައުރުގައި ކުރުމަށްހުރި މުހިންމު މަސައްކަތްއް ނިންމުމަށް މިދައުރުގެ މުއްދަތު އިތުރުކުރަންޖެހޭ ކަަމަށް މަޖިލިސް ރައީސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހާ ހަަމައަށް ދިގުދަންމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ ވޯޓުގެ އިއްތިފާޤުންނެވެ.

އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދައުރުގައި ކުރުމަށް މުހިންމު މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އެމަަސައްކަތްތައް ނިންމުމަށް މިދައުރުގެ މުއްދަތު އިތުރުކުރަންޖެހޭ ކަަމަށާއި އެހެންކަމުން އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އަހާ ގަޑީގައި އެކަމަށް ވޯޓަށް އައްސަވާނެ ކަަމަށެވެ.

Advertisement

މަޖިލީހުގެ ޤަވައިދު ބުނާގޮތުން ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮކްޓޯބަރ މަހުގެ 1 ން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މިދައުރުގައި ކުރިން ހުރި މުހިންމު މަސައްކަތްތަކަށް ބަލާލާއިރު ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތާއި، މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ބިލާއި، އިންކަމް ޓެކްސް ނެގުމުގެ ބިލުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މިބިލުތަކަކީ މިހާރު ކޮމިޓީތަކުން ދިރާސާކުރަމުންދާ ބިލުތަކަކަށްވާއިރު ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ވަނީ ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުވާފައެވެ. އަނެއް ދެބިލުގެ މަސައްކަތް އަދި އޮތީ ކޮމިޓީ މަރުޙަލާގަ އެވެ.

މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަކީވެސް މިދައުރު ތެރޭގައި މަޖިލީހުން ކުރަންޖެހޭ ކަމަަކަށްވާއިރު އަދި ބަޖެޓް ފާސްކޮށްފައެއް ނުވެއެވެ. ބަޖެޓް ކޮމިޓީންވަނީ ބަޖެޓް ފާސްކޮށް އެރިޕޯޓަށް އިސްލާޙު ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހާ ހަމަައަށް މެމްބަރުންނަށް ފުރުޞަތު ދެއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް