ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 07:35
ސްރީލަންކާގެ އައު ކެބިނެޓް
ސްރީލަންކާގެ އައު ކެބިނެޓް
ކޮލޮމްބޯ ޕޭޖް
ސްރީލަންކާ
ސްރީލަންކާގެ ރައީސް އެޤައުމުގައި އާންމު ހަމަޖެހުން ދެމެހެއްޓުމަށް އަސްކަރިއްޔާއަށް އަންގަވައިފި
ސްރީލަންކާގެ ރައީސް މިކަމަށް އެންގެވީ އަސްކަރިއްޔާގެ މައްޗަށް ނެރުއްވި ގެޒެޓް ނޯޓިސްއެއްގައި

ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން މަގުތަކަށް ނުކުމެ މުޅި ސްރީލަންކާގައި ޢާންމު ހަމަޖެހުން ދެމެހެއްޓުމަށް ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ، އަސްކަރިއްޔާއަށް އަންގަވައިފިއެވެ.

ސްރީލަންކާގެ ރައީސް މިކަމަށް އެންގެވީ އަސްކަރިއްޔާގެ މައްޗަށް ނެރުއްވި ގެޒެޓް ނޯޓިސްއެއްގައިއެވެ.

ގެޒެޓް ނޯޓިސްގައި ސްރީލަންކާގެ ރައީސް ގޯޓަބާޔަ ރާޖަޕަކްސަ ވަނީ ސްރީލަންކާގެ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިފައިން މަގުތަކަށް ނުކުމެ ޢާންމު ހަމަޖެހުން ޤާއިމުކުރުންމަތީ ދެމެތިބުމަށް ގޮވާލައްވާފައެވެ.

ސްރީލަންކާގެ ވަގުތީ ދިފާޢީ ވަޒީރު ކަމަލް ގުނަރަތުނަ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ގޯޓަބާޔަ ޚާއްޞަ ގެޒެޓް ނޯޓިސްއެއް ނެރުއްވާ އަސްކަރިއްޔާގެ މައްޗަށް މިފަދަ އިން އަމުރުކުރެއްވީ، ސްރީލަންކާގެ ޤާނޫނީ ހުކޫމަތު ދެމެހެއްޓުމަށް ކަމަށާއި، މިކަމަކީ އަސްކަރީ ވެރިކަމެއް އަށަގެންނެވުމުގެ ނިޔަތުގައި ކުރެއްވި ކަމައް ނޫންކަމަށެވެ.

- ކޮމެންޓް