Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 08:08
ސީ.އެޗް.އެސް.ސީގެ ދަރިވަރުންތަކެއް
ސީ.އެޗް.އެސް.ސީގެ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ފުރައްސާރަކޮށްފިނަމަ، ހަރުކަށި ފިޔަވަޅު އަޅާނަން: އެޑިއުކޭޝަން
ސީ.އެޗް.އެސް.ސީ ގެ މުދައްރިސެއްގެ ފަރާތުން އެ ސުކޫލުގެ ދަރިވަރަކަށް ފުރައްސާރަ ކުރިކަމަށް ބުނޭ
މިހާތަނަށް ބެލި ބެލުމުން އެ މައްސަލައިގައި ދަރިވަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ތެދުކަން ފާހަގަވެފައިވޭ
ސުކޫލަކީ އުނގެނެން ފަހި މާހައުލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދިން

ރާއްޖޭގެ ސުކޫލެއްގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ދަރިވަރަކަށް ފުރައްސާރައެއް ކުރިމަތިވެއްޖެނަމަ އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ސީ.އެޗް.އެސް.ސީ ގެ އިސްލާމް މުދައްރިސެއްގެ ފަރާތުން އެ ސުކޫލުގެ ދަރިވަރަކަށް ފުރައްސާރަ ކުރި ކަމަށްބުނެ މީސް މީޑިއާގައި ދެކެވޭ ވާހަކައާއި ގުޅޭގޮތުން ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ޢާންމު ކުރި ބަޔާނެއްގައި ބުނީ، މިހާތަނަށް ބެލި ބެލުމުން އެ މައްސަލައިގައި ދަރިވަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ތެދުކަން ހާމަވެފައިވާ ކަމަށެވެ. އަދި ސުކޫލު މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މިނިިސްޓްރީން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

Advertisement

ސުކޫލުގެ މުވައްޒަފެއްގެ ފަރާތުން އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވެއްޖެނަމަ އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން، ސުކޫލު ތަކުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ ޖިސްމަށް، އަބުރަށް ނުވަތަ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ބަލާނެ ކަަމަށް ބަޔާނުގައިވެއެވެ. އަދި ސުކޫލަކީ އުނގެނެން ފަހި މާޙައުލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ބަޔާނުގައި މިނިސްޓްރީން އަރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް