Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 22:34
ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އައްޑޫ ސިޓީގައި އަޅަމުންދަނީ މިލިޓަރީ ބޭސް އެއް ހިންގުމަށް އަޅާ އިމާރާތެއްތޯ ސާފުކުރުމަށް ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
އެބިމަކީ ކޮންފަރާތަކުން ދޫކޮށްފައިވާ ބިމެއްތޯ ސާފުކުރުމަށް ވަނީ ހުށަހަޅާފައި
މަސައްކަތް ކުރަމުންދަނީ ކޮންފަރާތަކުންތޯ އާއި އެއިމާރާތާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ސާފުކުރެއްވުމަށްވެސް ވަނީ ހުށަހަޅުއްވާފައި

އައްޑޫ ސިޓީގައި ހަދަމުންދާ އިމާރާތަކީ މިލިޓަރީ ބޭސްއެއް ހިންގުމަށް އަޅާ އިމާރާތެއްތޯ ސާފުކުރުމަށް ހޯމް މިނިސްޓަރ އައްޝެއިހު އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި މިސުވާލު އެޖެންޑާކޮށްފައިވާއިރު މިސުވާލު މިނިސްޓަރާ ކުރައްވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ނިހާދު ސުވާލުކުރައްވަނީ އައްޑޫ ސިޓީ ހިތަދޫގެ އެންމެ އަގު ބޮޑު ބިމުގެ 1 ކިލޯމީޓަރަށްވުރެ ދިގު ބިމުގައި ހަދަމުންދާ އިމާރާތަކީ އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތްކުރާ ބިމެއްކަމުގެ ޚަބަރު ފެތުރެމުންދާކަަމަށާއި އެބިމަކީ ކޮންފަރާތަކުން ދޫކޮށްފައިވާ ބިމެއްތޯ އެވެ. އަދި އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ ކޮންފަރާތަކުންތޯ އާއި އެއިމާރާތާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ސާފުކުރެއްވުމަށްވެސް ނިހާދު ވަނީ ހުށަހަޅުއްވާފަ އެވެ.

Advertisement

މީގެއިތުރުން މާދަމާގެ ޖަލްސާއަށް ވަނީ ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ގެ މަރުގެ މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ކޮމިޓީ ތަކުން ހުށަހަޅާ ކަންތައް ތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާތީ ހުށަހަޅުއްވާ ފައިވާ ޤަރާރާއި ގުޅޭ މައްސަލަ ދިރާސާކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ނޮވެންބަރ 2019 | ހޯމަ 23:17
އެދުރުހަސަން
ވަރައްމުހިއްމު ސުވާލެއް. އަހަރެންވެސް ވަރައް އެގެންބޭނުންވެފައިވާ ސުވާލެއް. ނިހާދު އަދި ސުވާލު އިތުރު ކޮއްދީބަލަ؟ އެއައް ބޮނޑު ޕްރަޖެކް ކުރިޔައްދާއިރު އައްޑޫގެ ކިތައް ރައިޔަތުންނަތޯ އެތަނުންވަޒީފާދިނީ. . މަހެއްގެ މައްޗައް ކިހާ އާމުދަނީ އެއް އައްޑު އައްވަދޭތޯ. އެބިމުގެ ކުލީގެ ގޮތުގައި އަހަރެއްގެ މައްޗައް ކިހާ އާމުދަނީ އެއްވަދޭތޯ. މިއީ އުފެދޭ ސުވާލު.