Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 18:53
ޕީއެސްގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ހަސީބު (ވ)
ޕީއެސްގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ހަސީބު (ވ)
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
މުސްއަބުގެ ބަދަލުގައި އިސްލާމިކް މިނިސްޓްރީއަށް ޕީއެސް އެއް
މުސްއަބު މަގާމުން ވަކި ކޮށްފައިވަނީ މަހެއް ކުރިން
އައްޔަން ކުރެއްވީ ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސީބު
ފަސް ފަހަރެއްގެ މަތިން މުސްއަބު ސަސްޕެންޑް ކުރި

މިނިސްޓްރީ އޮފް އިސްލާމިކް އެެފެއރަސްގެ ޕަރމަނެންޓް ސެކެރެޓަރީ ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

ޕީއެސްގެ މަގާމަށް އައްޔަނު ކުރައްވާފައި އެ މިނިސްޓްރީގެ ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ހަސީބެވެ.

Advertisement

ވިލާ ކޮލެޖުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ތައުލީމް ހާސިލްކޮށްފައިވާ ހަސީބް ވަނީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އެސިސްޓަންޓް އެކައުންޓްސް އޮފިސަރު ކަމާއި، ކްރިމިނަލް ކޯޓުގެ ހެޑް އޮފް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީ އަށް ޕީއެސް އަކު އައްޔަން ކޮށްފައި މިވަނީ ކުރިން ޕީއެސް ކަމުގެ މަގާމުގައި ހުންނެވި މުސްއަބު އަބްދުﷲ މަގާމުން ސަސްޕެންޑް ކޮށް ވަކިކުރުމާއި ގުޅިގެންނެވެ. ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން އެންމެ ފުރަތަމަ އޭނާ ސަސްޕެންޑް ކުރީ މެއީ މަހުގެ ފަހުކޮޅުއެވެ. ފަސް ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައިވާ މުސްއަބު މަގާމުން ވަކި ކޮށްފައިވާނީ މަހެއް ކުރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް