Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 17:23
ދީބާޖާ އިންވެސްޓްމަންޓު ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު
ދީބާޖާ އިންވެސްޓްމަންޓު ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު
ޙުސައިން ޙަސަން
ދީބާޖާ
ދިބާޖާ އަށް 174 މިލިއަން ދޭން ނިންމައިފި
އަދި ފައިސާ ދޭނެ ވަކި ގޮތެއް ނުނިންމާ
ސެޓްލްމެންޓް ކޮމިޓީން ނިންމީ ދީބާޖާ އަށް 174 ދޭން ފެންނަ ކަމަށް
އެއީ ގެއްލުމުގެ ގޮތުގައި ލިބުނު އަދަދުގެ ދެބައިކުޅައި އެއްބައި

ދިބާޖާ އިންވެސްޓްމެންޓް ޕްރަިއވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުއެވެ.

ދީބާޖާ އަށް ލިބުނު ގެއްލުމުގެ ދެބައިކުޅައި އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ސެޓްލްމެންޓް ކޮމިޓީން އެ އަދަދު ދޭން ފެންނަ ކަމަށް ރައީސް އަށް ލަފާއެރުވުމުންނެވެ.

Advertisement

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އަދި އެ ފައިސާ ދޫކޮށްފައިނުވާ ކަމަށާއި، ފައިސާ ދޭނެ ގޮތް ކަނޑައަޅާނީ ކޮމިޓީން އިތުރަށް އެކަން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް