Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 12:47
މި ބެޖް ތައާރަފް ކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި
މި ބެޖް ތައާރަފް ކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި
igmh
އައިޖީއެމްއެޗް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޭޝަން ބެޖް ތައާރަފު ކޮށްފި
މި ބެޖް ތައާރަފް ކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޭޝަން ބެޖް ނުވަތަ ޕާރސަނަލް ޑޮސިމީޓަރ ތައާރަފުކޮށްފިއެވެ.

މި ބެޖް ތައާރަފު ކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

Advertisement

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ މި ބެޖަކީ ރޭޑިއޭޝަނާއި ގުޅުން ހުރި މަސައްކަތް ކުރާ މުވައްޒަފުން ރޭޑިއޭޝަނަށް ހުށަހެޅޭ މިންގަނޑު ދައްކައިދޭ ބެޖެއް ކަމަށެވެ. އެގޮތުން މި ބެޖު ހަށިގަނޑުގައި އެޅުމުން ރޭޑީއޭޝަނުން ހަށިގަނޑަށް ނުރައްކާވާ މިންގަނޑު ދުރާލާ ދައްކުވައިދޭނެ ކަމަށެވެ. މި ބެޖުގެ ސަބަބުން ރޭޑިއޭޝަނުން ރައްކާތެރިވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަން މަގު ފަހި ކޮށްދީ، އައި.ޖީ.އެމް.އެޗުގައި ރޭޑިއޭޝަނާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ ރައްކާތެރިކަމާއިމެދު އިތުރު ޔަޤީން ކަމެއް ލިބިގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ ރައްކާތެރިކަމަށް މެނޭޖްމެންޓުން ވަރަށް އަހައްމިއްޔަތުކަން ދޭ ކަމަށެވެ. ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް އައިޖީއެމްއެޗުން ޤަބޫލުކުރެއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް "ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއަރ ޕްރޮވައިޑަރސް" ގެ މިންގަނޑުތަކާއި އެއްވަރަށް އައިޖީއެމްޗުން ރަނގަޅު ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލު ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް