Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 19:17
ފުލުހުން ދަނީ އެ ކުއްޖާއަށް ދޭންވާ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ކުރަމުން
ފުލުހުން ދަނީ އެ ކުއްޖާއަށް ދޭންވާ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ކުރަމުން
މޯލްޑިވްސް ޓައިމްސް
މޯލްޑިވްސް ޕޮލިސް ސަރވިސް
13 އަހަރުގެ ކުއްޖާގެ އާއިލާގެ މައުލޫމާތު މިދިޔަ އަހަރު ފުލުހުންގެ އިންޓެލްއަށް ލިބިފައިވޭ: ފުލުހުން
ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި އެ ކުއްޖާ ގުޅިފައެއް ނުވާ ކަމަށް ފުލުހުން ބުނި
މުއައްސަސާތަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނި
ޖެންޑަރ މިނިސްޓަރީ އަށް ފާޑުކިޔުންތައް އަމާޒުވެފައިވޭ

ކޯޓުުން ބޭރުގައި، އުމުރުން 13 އަަހަރުގައި ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖާގެ އާއިލާގެ މައުލޫމާތު 2018 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ގަވާއިދާ ހިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީ، ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ހުކުރު ދުވަހު ފެންމަތިވުމާއި އެކުއެވެ. އެ ކުއްޖާ ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

އާދިއްތަ ދުވަހު ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މައުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ.

އެ ކުއްޖާގެ އާއިލާ އަކީ ދީނުގެ ހަރުކަށި ވިސްނުމުގެ އާއިލާއެއްކަން ފާހަގަކުރަމުން ފުލުހުންގެ ބަޔާނުގައި ބުނީ، އެކަމުގެ ސަބަބުން އެ އާއިލާ އަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމުގެ ފުުރުސަތު ފަހިކޮށް ދިނުމާއި، ސިއްހީގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި އެ ކުއްޖާ ގުޅިފައެއް ނުވެއެވެ.

Advertisement

އެފަދަ މައްސަލަތަކުގައި ޝިކާރާއަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

13 އަހަރުގެ ކުއްޖަކާއި ގުޅޭ މައްސަލަ ހުށައެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެ ކުއްޖާ ކައިވެނިކޮށްފައިވާކަމަށް އަޑު ފެތުރުމުން ޝޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ޖެންޑަރ މިނިސްޓްރީ އަށް ވަރަށް ބޮޑު ފާޑުކިޔަމުންނެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި މީގެކުރިން އެ މިިނިސްޓްރީން އަމަލުކޮށްފައިވާގޮތުން ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ އެތައް ފަހަރު ''ހޫނު ފެނަށް'' ވެއްޓިފައެވެ. ކުޑަކުދިންގެ ހައްގުތަށް ރައްކާކުރުމަށް އެކަށީގެންވާ ވަރަށް ޝިދާތާއަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ މީހުންގެ އިތުރުން އިދިކޮޅުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ޖެންޑަރ މިނިސްޓްރީއަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް