Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 19:12
އާދިއްތަ ދުވަހު ސެނަހިޔަ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އާދިއްތަ ދުވަހު ސެނަހިޔަ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ސެނަހިޔަ ހޮސްޕިޓަލް
ސެނަހިޔަ ހޮސްޕިޓަލުގެ ނަން "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" އަށް ބަދަލުކޮށްފި
ކޮމްބެޓް މެޑިކް މެނުއަލް ފޮތް ވަނީ ނެރުއްވާފައި
މެޑިކަލް ކޯރްޕްސްގެ ދިދަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހު ކުރައްވާފަ
ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެނަހިޔަ ހޮސްޕިޓަލުގެ ނަން "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" އަށް ބަދަލުކޮށްފިއެވެ.

އާދިއްތަ ދުވަހު ސެނަހިޔަ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

Advertisement

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ "ކޮމްބެޓް މެޑިކް މެނުއަލް" ފޮތްވެސް ނެރުއްވާފައިވާއިރު، އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ޚާއްސަ ކޮއިންއެއް އަރުވާފައެވެ.

އާދިއްތަ ދުވަހު ސެނަހިޔަ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޭގެ އިތުރުން، އެމްއެންޑީއެފްގެ މެޑިކަލް ކޯރްޕްސްގެ ދިދަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހު ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި، އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިންވެސް ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް