ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 00:54
މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅު- އެންމެ ގިނަ ހޮޓާތައް ހުންނަނީ މި ސަރަހައްދުގައި
މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅު- އެންމެ ގިނަ ހޮޓާތައް ހުންނަނީ މި ސަރަހައްދުގައި
ޓްވިޓަރ
އަރަބި ދުނިޔެ
އަރަބި ދުނިޔޭގެ އެންމެ ގިނަ ހޮޓާތައް މިހާރު ހުރީ މައްކާގައި
ގާތްގަނޑަކަށް 1100 އެއްހާ ހޮޓާ މައްކާގައި ހުރޭ
ގިނަ ހޮޓާތައް އަޅާފައި ހުރީ މައްކާގެ ކައުބަތުﷲ ގެފުޅު ހުރި ސަރަހައްދުގައި
ހޮޓާތަކުން އަހަރެއްގެ މައްޗަށް 10 މިލިއަނަށްވުރެ ގިނަ މީހުން ޚިދުމަތް ލިބިގަނޭ

އަރަބި ދުނިޔޭގައި އެންމެ ގިނަ ހޯޓާތައް އަޅާފައިވާ ޤައުމަކަށް މައްކާ ވެއްޖެއެވެ.

ކުރިން މި ރެކޯޑް އޮންނަނީ ދުބާއީގައި ނަމަވެސް ގާތްގަނޑަކަށް 1100 އެއްހާ ހޮޓަލާއެކު މައްކާ ވެފައިމިވަނީ އަރަބި ދުނިޔޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ޤައުމަށް ވެފައެވެ.

ސައުދީ ގެޒެޓް ރިޕޯރޓްގައި ވާގޮތުން ކޮންމެ އަހަރަކުވެސް މައްކާގެ ހޮޓާތަކުން އެތައް މިލިއަން މީހުން ޚިދުމަތް ލިބިގަންނައިރު، އޭގެ ތެރެއިން ގިނަ ހޮޓާތައް އަޅާފައި ހުރީ މައްކާގެ މަސްޖިދުއް ޙަރަމް (ކައުބަތުﷲ ގެފުޅު) ހުރި ސަރަހައްދުގައެވެ.

މައްކާގެ ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ (އެމް.ސީ.ސީ.އައި) ގެ ޗެއަރމަން ހިޝާމް ކާކީ ވިދާޅުވީ، މައްކާގެ ހޮޓާތަކުން އަހަރެއްގެ މައްޗަށް 10 މިލިއަނަށްވުރެ ގިނަ މީހުން ޚިދުމަތް ލިބިގަންނަ ކަމަށެވެ.

އޭގެ އިތުރުން، ހޮޓާތަކަށް ބޭނުންވާ ފަރުނީޗަރާއި ސާމާނުތައް އެހެނިހެން ޤައުމުތަކުން އިމްޕޯރޓް ކުރުމުގެ ބަދަލުގައި މައްކާއިން އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިގަންނަ ކަމަށާއި، އެކަމުގެ ސަބަބުން ހޮޓާ ހިންގާ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާކަމަށްވެސް އެމްސީސީއައި އިން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
24 ނޮވެންބަރ 2019 | އާދީއްތަ 10:17
މ
މާތްވެގެންވާ މައްކާގެ ބިމަށް މާތްﷲގެ މަތިވެރި ނިޢުމަތް އިތުރުކޮށްދެއްވާށި ! އާމީން
24 ނޮވެންބަރ 2019 | އާދީއްތަ 09:35
އަހުމަދު
މައްކާ އަކީ ގައުމެއް ނޫން،އެއީ ރަށެއް