Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 00:37
ލޯކަލް މާރުކޭޓު
ލޯކަލް މާރުކޭޓު
ޝުއައިބް މުހައްމަދު އިގްބާލް
ލޯކަލް މާރުކޭޓު
މާރުކޭޓު ގޮޅި ތަކުގެ އަދަދު ވީހާވެސް ބޮޑަށް އިތުރުކޮށް، ހަފްތާއެއްގެ ތެރޭގައި އުސޫލު އިއުލާނު ކުރަނީ
ކައުންސިލްގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޮޅި ލިބޭނެ ގޮތްވުން
އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކައުންސިލްގެ ބެލުމުގެ ދަށުން ދަނީ ކުރަމުން
ގޮޅިތައް ބަންދު ކުރުމަށް ނިންމީ އެކަށީގެންވާ ވަގުތުވެސް އިތުރަށް ދިނުމަށްފަހު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު ވީހާވެސް ބޮޑަށް އިތުރުކޮށް، އަންނަ ހަފްތާ ތެރޭގައި އެކަމާއި ގުޅޭ އުސޫލު އިއުލާނު ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ، ކައުންސިލް ހުރިހާ މެމްބަރުންވެސް އެކަމުގައި އެއްގަލަކަށް އެރިފައިވާ ކަމަށާއި، ވިސްނުމަކީ މާރުކޭޓުގެ ގޮޅީގެ އަދަދު ކުރިއެކޭ އެއް ހަމައެއްގައި އިތުރުކޮށްދީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޮޅި ލިބޭނެ ގޮތް ވުން ކަމަށެވެ. އެގޮތުން އެކަން ވީހާވެސް ދެފުއް ފެންނަ ގޮތެއްގައި ކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ، ކުރިއަށް އޮތް ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެތަން ހަދާ ނިންމޭނެ ކަމަށާއި، ޕްލޭނިންގ މިނިސްޓްރީގެވެސް އެހީތެރިކަމާއެކުގައި އެ މަސައްކަތް ކުރުމަށްޓަކައި ޓީމެއް އެކުލަވާލެވިފައިވާ ކަމަށެވެ.

Advertisement

މޭޔަރު ވިދާޅުވީ އެކަމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އުސޫލު އާންމު ކުރެވި، ގޮޅިތައް ދޫކުރުމުގެ ކަންކަން އުސޫލާއި އެއްގޮތަށް ކުރިއަށްދާނެކަމަށެވެ.

އަޅުގަނޑަށް ޖުމުލަ ގޮތެއްގައި ބަލާލާއިރުގައި ހުރިހާ ބޭފުޅުން އެއްގަލަކަށް މިތިބީ އެރިފައި، އެއް ވިސްނުމެއްގައި، އެއީ ހަމަ މާރުކޭޓުގެ ގޮޅީގެ އަދަދު މި ދަންނަވާހެން ކުރިއެކޭ އެއް ހަމައެއްގައި ވީހާވެސް ބޮޑަކަށް އިތުރުކޮށްދީފައި ވީހާވެސް ގިނަ ރައްޔިތުންނަށް ގޮޅި ލިބޭނެ ގޮތް ވުން، ދެން ވަރަށް ބޮޑަށް އަޅުގަނޑުމެން ވަކާލާތު އެބަ ކުރަން ޓްރާންސްޕޭރެންޓު ވުމަށް، އެހެންވީމާ އަޅުގަނޑު މި ބަލަނީ ކުރިއަށް އޮތް ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެތަން ހަދާ ނިންމޭނެ ކަމަށް، މިހާރު ޕްލޭނިންގ މިނިސްޓްރީގެވެސް އެހީތެރިކަމާއެކުގައި އެ މަސައްކަތް ކުރުމަށްޓަކައި މިވަނީ ޓީމެއް އެކުލަވާލެވިފައި، އެހެންވީމާ ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ ވޯރކްފޯސްއާއި އެކުގައި އަޅުގަނޑުމެންނަށް އެކަން ނިންމާލެވޭނެ ވަރަށް އަވަހަށް، ހަމަ އެތަނުގެ މަސައްކަތްތައް ހިނގަމުންދާއިރު މިހާރު އުސޫލަށްވެސް ވަކި ބޭފުޅުންކޮޅެއް އެ އޮތީ ހަމަޖެހިފައި އުސޫލު ނިންމާލުމަށް، އެހެންވީމާ އުސޫލު ނިންމާލލުމާއެކުގައި އަޅުގަނޑު ހަމަ އޭތި އިއުލާނުވެސް ކުރާނަން، އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަން ކުރެވޭނެ ކަމަށް އިއުލާނު ކުރެވޭނެ ކަމަށް.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
މޭޔަރ ޝިފާ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މާރުކޭޓް މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެތާގައި ހުއްޓެވެ. އަދި ގޮޅިތައް ބަންދު ކުރުމަށް އެންގުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ޝަކުވާތައް ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅޭގޮތުން ޝިފާ ވިދާޅުވީ، ގޮޅިތައް ބަންދު ކުރުމަށް ނިންމީ އެކަށީގެންވާ ވަގުތުވެސް އިތުރަށް ދިނުމަށްފަހު ކަމަށާއި، ބަންދު ކުރަން ޖެހުނީ އާންމުންގެ މަސްލަހަތާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވުމުން ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގެ ޗަކަ ފެންތަކާއި، ގޮޅިތަކަށް ވާރޭ ވެހުން ފަދަ މައްސަލަތައް ޝިފާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެތާ ތިއްބެވި ބޭފުޅުންނަށް 8 މަސް އިތުރަށް ކައުންސިލުގެ ފަރާތުން ވިޔަފާރި ކުރަން ދެވިފައި އޮތީ، މި ދެންނެވީ ހަމަ އެގްރީމަންޓް ހަމަވެގެން 8 މަހަށ އިތުރަށް އަޅުގަނޑުމެން އެރުވީމޭ ފުރުސަތު ވިޔަފާރި ކުރަން، އޭގެ ފަހުން އަޅުގަނޑުމެން ބަންދުވެސް ކުރީ، އެކަމަކު ބަންދުކުރަން އަޅުގަނޑުމެންނަށް ޖެހުނީ އެ ސަރަހައްދުގެ ޗަކަ ފެންތަކާ ޗަކަ ވަޅުތައްވެސް މައްސަލަތައް ޖެހުމާއި، މާރުކޭޓުގެ ތެރެއަށް ވާރޭ ވެހުމާއި މިކަހަލ އެތައް ކަމެއްގެ އިޝޫސްތަކެއް އައުމާއި، އަދި އެގްރީމަންޓުތައް ހަމަވެ 8 މަސް ދުވަސް 9 މަސް ދުވަސް ވަންދެން އެތަނުގައި ހަމަ އެއްބަޔަކު ވިޔަފާރި ކުރަމުން ދިޔައިރު ގޮޅި ނުލިބޭ ފަރާތްތަކުން ޝަކުވާތައް ވަރަށް ބޮޑުވވަމުން އައީ ކައުންސިލް ތެރެއަށް
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
ލޯކަލް މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓު މާލެ ސިޓީ ކައުންސިލުން އޮގަސްޓް 31 ވަނަ ދުވަހު ބަންދުކޮށްފައިވަނީ މަރާމާތަށް ކަމަށް ބުނެއެވެ. އަދި މަރާމަތަށްފަހު ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައި މާރުކޭޓު ހުޅުވާނެ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ.

އަލުން މާރުކޭޓު ހުޅުވާއިރު 176 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް އޭރު ސިޓީ ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް މިހާރު މި ވަނީ ގޮޅި ތަކުގެ އަދަދާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ މެދުގައި އުފެނުނު ހިޔާލު ތަފާތުވުންތަކަށް ނިމުމެއް އައިސް ގޮޅިތައް ވީހާވެސް އިތުރު ކުރުމަށްފަހު ދޫކުރުމަށް ކަމަށް ޝިފާ މިވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް