Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 17:39
މާލެ ސިޓީ
މާލެ ސިޓީ
އެޑިޝަން.އެމްވީ
އިމާރާތަކުން މީހަކު ވެއްޓުން
މާލޭ ގެއެއްގެ ހަތްވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ
އެމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
އެމީހާ ވެއްޓުނީ ދޮންނަ މެޝިނެއް ބާލަން އުޅުމުގެ ތެރޭގައި
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މާލޭ ސިޓީ ގެއެއްގެ 07 ވަނަ ފަންގިފިލާއިން ބިިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގެ އެއްގެ 07 ވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީއަކު ވެއްޓުނު ކަމަކުގެ ރިޕޯޓު ހޮނިހިރު ދުވަހުގެ 15:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް