Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 11:43
ރައީސް ނަޝީދު
ރައީސް ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
އަންނަ މަހު ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވަން އެމްޑީޕީ ތައްޔާރު: ރައީސް ނަޝީދު
އަންނަ މަހު ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އެއް ބޭއްވޭނެ
މެމްބަރުންނަށް ޝުކުރު އަދާކުރެއްވި
ޕާޓީ ރުކުވާލާނެ ކަމަށް ވިދާޅުވި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު ތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި، ކައުންސިލް ތަކުގެ ޕްރައިމަރީ ޑިސެމްބަރު މަހު ބާއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ނިންމާފައެވެ.

Advertisement

ހޮނިހިރު ދުވަހު މޯލްޑިވިއަންގެ "ބެއްޔާ" ޓީޝާޓް މޫވްމަންޓް ފެށުމަށް ސީޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތައް ފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނަޝީދު ވަނީ އެމްޑީޕީގެ ރައީސް ކަމަށް އެމަނިކުފާނު އަލުން އިންތިޚާބު ކޮށްދެއްވާފައިވާތީ ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެމްޑީޕީގެ ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ޕާޓީގެ ހަރަކާތްތައް ރުކުވާލެވިފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު އެމްޑީޕީގެ ޕްރައިމަރީ އެއް ބޭއްވިގެން ދާނެ ކަމަށެވެ.

އޭގެ ފަހުން އެމަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިޚާބު އެ ޕާޓީން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް