Advertisement
ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 09:07
ސްރީލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ސްރީލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ޑެއިލީ މިރޯ
ރައީސް ސޯލިހު
ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސް ސާލިހު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި
ރައީސް ސޯލިހު ވަނީ ރައްޔިތުންނާއި ރައީސް ސޯލިހުގެ ނަންފުޅުގައި މަރުހަބާ ދަންނަވާފައި
ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުންތައް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި
މަހިންދާ ރާޖަޕަކްސައަކީ ސްރީލަންކާގެ 13 ވަނަ ބޮޑު ވަޒީރެވެ

ސްރީލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އިސްކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑު ވަޒީރު ރާޖަޕަކްސައަށް އިޚްލާސްތެރި ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާއެކު އެމަނިކުފާނުގެ މަސައްކަތުގައި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ސްރީލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ޤައުމުގެ އިތުރުން އެންމެ ދުވަސްވީ އެކުވެރި އެއް ޤައުމުކަންވެސް ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުންތައް، އައު ބޮޑުވަޒީރުގެ ލީޑަރޝިޕާއެކު ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

Advertisement

މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއެކު ސަރަހައްދީ ކަންކަމާއި، ދެ ޤައުމުން އިސްކަންދޭ ބައިނަލް އަޤްވާމީ ކަންކަމުގައި ދެޤައުމު ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަން ވެސް ރައީސް ސޯލިހުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރު ރާޖަޕަކްސައަށް ދުޅަހެޔޮކަމާއި ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީ(އެސްއެލްޕީޕީ) ގެ ލީޑަރު އަދި ޤާނޫނު ހަދާ މަޖިލީހުގައި ކުރުނާގަލަ އަވަށް ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު، މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވީ ބުރާސްފަތި ދުވަހު މެންދުރު ސްރީލަންކާ ގަޑިން 1300 ޖެހިއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް