Advertisement
ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 08:36
ކަސްްޓަމްސް ބިލްޑިންގް
ކަސްްޓަމްސް ބިލްޑިންގް
މުހައްމަދު ޝަރުހާން
ކަސްޓަމްސް
ކަސްޓަމްސްއިން 1.60 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
އެ މައްސަލައިގައި ހައްޔަރުކޮށްފައިިވަނީ ދެ ފިރިހެނުން
އަތުލައިގަނެވުނު ތަކެތި އިތުރަށް ބަލާ ފާސދްކޮށް ތަހުގީގަށް މިހާރު ވަނީ ޕޮލިހަށް ގެންގޮސްފަ

ވައިގެމަގުން ބްރެޒިލުން ރާއްޖެއައި ދެ މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ދެމީހުންވެސް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ މީހާ އަކީ އުމުރުން 42 އަހަރުގެ ބްރެޒިލްގެ ފިރިހެނެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ކަސްޓަމްސްއިން އޭނާ ބަލާފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 837.2 ގްރާމް ހުރި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދެވަނަ މީހާ ރާއްޖެ އައިސްފައިވަނީ 2019 އޮކްޓޯބަރ 25 ވަނަ ދުވަހު ކަމަށާއި އެއީ އުމުރުން 29 އަހަރުގެ ބްރެޒިލްގެ ފިރިހެނެއް ކަމަށް ކަސްޓަމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކަސްޓަމްސްއިން އޭނާ ބަލާފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

Advertisement

އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާއިރު، މީނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 765.5 ގްރާމް ހުރި ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުނެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މި ދެ މީހުން އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.60 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް