Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 13:51
ހިތާނީ ކޭމްޕަކަށް އައިޖީއެމްއެޗް ޒިނާތްތެރި ކޮށްފައި
ހިތާނީ ކޭމްޕަކަށް އައިޖީއެމްއެޗް ޒިނާތްތެރި ކޮށްފައި
ޓްވިޓަރ
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ ހިތާނީ މޫސުން ފެށިއްޖެ
ހިތާނީ މޫސުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ ނިޔަަލަށް
ކޮންމެ ދުވަހަކު 15 ކުދިން ހިތާނު ކުރާނެ

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި "ހިތާނީ މޫސުން" ޕްރޮގުރާމު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހިތާނު ކުރެވޭނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. އަދި އާދީއްތަ ބުދަ އަދި ބަންދު ނޫން ކޮންމެ ދުވަހެއްގައި ވެސް އައިޖީއެމްއެޗްގައި 15 ކުދިން ހިތާނު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

Advertisement

ހިތާނީ މޫސުމަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ކުލަގަދަކަމާއެކު ފާހަގަކުރާ ދުވަސްވަރެއް ކަމުން، ހިތާނުކުރާ ކުދިންނަށް އުފާވެރި ހިތްހަމަޖެހޭ މާހައުލެއް ތައްޔާރުކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރާއި، ހިތާނީ ވޯޑް ކުޑަކުދިންނާ ގުޅޭގޮތަށް ޒީނަތްތެރި ކުރެވިފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޗުއްޓީ ދުވަސް ވަރަކީ އާންމުކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހިތާނީ މޫސުން ފާހަގަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރާ ދިމާކޮށް ގިނަ ހޮސްޕިޓަލްތަކުން ހިތާނީ މޫސުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
21 ނޮވެންބަރ 2019 | ބުރާސްފަތި 13:56
އާދަމް
މެޑަމް ނެތީމަ ތިޔަ ކަމުން ފައިދާ ވާ މީހުން ވަރަށް މަދުވާނެ