Advertisement
ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 23:41
އދ މަންދޫ
އދ މަންދޫ
ގޫގުލް
އދ މަންދޫ
މަންދޫގައި 83 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ
އޭނާ ގެއްލިފައިވަނީ އިޝާ ނަމާދަށް ފަހު
ފުލުހުންގެ ޓީމް އަދިވެސް ދަނީ އޭނާ ހޯދުމަށްޓަކައި އެރަށުގައި ހަރަކާތްތެރިވަމުން
އެ މައްސަލަ ބުދަ ދުވަހުގެރޭ 21:35 ހާއިރު ފުލުހުންނަށް ހުށައަޅާފައިވޭ

އދ މަންދޫގައި 83 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ގެއްލިގެން ހޯދަނީ މަންދޫ މީހެއްކަމަށެވެ. އުމުރުން 83 އަހަރުގެ މި ފިރިހެން މީހާ އިޝާ ނަމާދަށް ފަހު ވީނުވީއެއް ނޭގިގެން، އެކަމުގެ މައުލޫމާތު ބުދަ ދުވަހުގެރޭ 21:35 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ޓީމަކުން މިހާރު އެރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

ގެއްލިގެން ހޯދާ މީހާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މުންޑެއް އެކަނި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ޓީމް އަދިވެސް ދަނީ އޭނާ ހޯދުމަށްޓަކައި އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް