Advertisement
ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 22:37
ޑރ. އަޒްމިރާލްދާ ޒާހިރު
ޑރ. އަޒްމިރާލްދާ ޒާހިރު
މިހާރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ފަނޑިޔާރު އަރީފް ރިޓަޔަރ ކުރެއްވުމުން، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަޒްމިރާލްދާ އަށް
ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަރީފް ރިޓަޔަރ ކުރެއްވީ ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ވިދާޅުވެ
ޖޭއެސްސީން ދިޔައީ ފަނޑިޔާރު އަރީފްގެ 14 ސުލޫކީ މައްސަލައެއް ބަލަމުން
ޖޭއެސްސީން ސަސްޕެންޑްކުރަން ނިންމި އަބްދުލްޢަނީގެ ތިން ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން ޑރ. އަޒްމިރާލްދާ ޒާހިރާ ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުދަ ދުވަހުގެ ރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ ސްޕްރީމް ކޯޓުގެ ހިންގުން އަޒްމިރާލްދާ އާއި ހަވަލުކޮށްފައި ވަނީ އެ ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުﷲ އަރީފް ރިޓަޔަރ ކުރެއްވުމުންނެވެ. ފަނޑިޔާރު އަރީފް ރިޓަޔަރ ކުރެއްވީ ސިއްޚީ ހާލަތު ހުރިގޮތުން މަޤާމުން މުސްކުޅި ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ ކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

ފަނޑިޔާރު އަރީފް ރިޓަޔަރ ކުރައްވާފައި މިވަނީ، އެ މަނިކުފާނާ ގުޅޭ 14 ސުލޫކީއެއް ޖޭއެސްސީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

Advertisement

އޭގެ އިތުރުން ފަނޑިޔާރު އަބްދުލްޢަނީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އަބްދުލް ޣަނީ 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ އެނާ އާއި ބެހޭ ގޮތުން އެކޮމިޝަނުން ތަހުގީގު ކުރި މައްސަލަ ތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުރބާރު ނެގެހެއްޓމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ. ފަނޑިޔާރު އަބްދުލްޣަނީއާ ގުޅޭ ތިން ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް