ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރުވުމާއި ގުޅިގެން ޑިސްކައުންޓް ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަން ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރު 04:00 ޖެހިއިރުއެވެ. އަދި މި ޕްރޮމޯޝަން މިރޭ 08:00 އަކުން 10:00 އަކަށް ކުރިއަށްދާނެ ކަމަށް ވެސް ކައިލާން ޓްރެންޑްސް އިން މައުލޫމާތުދެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިންޓަރނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑްސްތައް ހޯލްސޭލް އަދި ރީޓެއިލް ކުރާ 'ކައިލާން ޓްރެންޑްސް'ގެ ބްރޭންޑް އެމްބެސެޑަރ މަރިޔަމް އައްޒަ ބުނީ މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ކައިލާން ޓްރެންޑްސް އިން ވިއްކާ ހުރިހާ ސާމާނަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެެއެވެ.
2009 ވަނަ އަަަހަރު ހުޅުވި ކައިލާން ޓްރެންޑްސްއަކީ އަކީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ. ދުނިޔޭގެ އެތައް ޤައުމެއްގައި ލޯންޗު ކޮށްފައިވާ ތުރުކީގެ އުފެއްދުމެއްކަމުގައިވާ ކޮސްމެޓިކް ބްރޭންޑް، އިސަބަލް ޑުޕޯންޓް، މޯރފޯސް އަދި އަޓަކް ގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ އަކީ ކައިލާން ޓްރެންޑްސް އެވެ. އަދި ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑްގެ ސެންޓް އަދި އެތައް އިންޓަރނޭޝަނަލް ބްރޭންޑްތައް ކަމުގައިވާ ބެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ކައިލާން ޓްރެންޑްސް އިން ވިއްކައެވެ.
މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް، މެކް ކޮސްމެޓިކްސް، ކަލަރ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު އެތައް ބްރޭންޑެއް ރީޓެއިލްކޮށް ކައިލާން ޓްރެންޑްސްއިން ވިއްކައެވެ.