Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 04:43
ރައީސް ނަޝީދު
ރައީސް ނަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ނަޝީދު
ރިޔާސަތުގައި ދެމިހުރިހައި ދުވަހަކު އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގާއެެއް ނުދޭނަން: ރައީސް ނަޝީދު
ކަންބޮޑުވެގެން އުޅެނީ މީހުން ހަނގުރާމައަށް ފޮނުވާތީ ކަމަށް ވިދާޅުވި
ސަލަފު އުވާލުމަށް މެމްބަރުން ދަނީ ގޮވާލަމުން
ދީން ފޮހެލަން އުޅޭ މީހުންނަށް ނަޝީދު ހިތްވަރު ދެެއްވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިހާ ހިނދަކު އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އެހެން ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޝިޔާމް ތުހުމަތު ކުރެއްވީ އިސްލާމްދީން ފޮހެލަން މަސައްކަތްކުރާ ބަޔަކަށް ނަޝީދު ޖާގަދެއްވައިގެން ހުންނަވާ ކަމަށެވެ.

Advertisement

ޝިޔާމް އަށް ޖަވާބު އަރުވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި ހަމައެއާއި އެކު ސަލަފް ޖަމާޢަތް ރަޖިސްޓްރީކޮށް ދިނީ ވެސް ހަމަ އެމްޑީޕީގެ ވެރިކަމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއަށް ފަހު ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަދޭކަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މެމްބަރަކަށް އެމަނިކުފާނުގެ ރިޔާސަތުގައި ނުދެއްވާނެ ކަމަށެވެ.

އަޅުގަނޑަށް ސަތޭކައިން ސަތޭކަ ޔަޤީން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ އިތުބާރު އޮންނާނެ، އަޅުގަނޑު މިތާ އިނދެ މި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގެދޭނެ އެއްވެސް ކަމެއް ނުހިނގާނެކަން
މުހައްމަދު ނަޝީދު ~ ރައްޔިތުންގެ މަޖިލީހުގެ ރައީސް ~

ރައީސް ނަޝީދު ވިދާޅުވި ގޮތުން އެމަނިކުފާނު، ކަންބޮޑުވެގެން އުޅެނީ، ހަނގުރާމައަށް މީހުން ފޮނުވާތީ ކަމަށެވެ.

ޖަމްއިއްޔަތުލް ސަލަފްގެ ރަޖިސްޓަރީ ފޮޓޯ: ޓްވިޓަރ

ސަލަފް ޖަމްއިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ސަލަފްގެ ރަޖިސްޓްރީ ދައްކާ ގޮތުން އެ ޖަމްއިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަން ވަނީ ހާމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް