Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 04:44
ރައީސުލް ޖުމްހޫރިއްޔާ ިއިބްރާހިމް މުހައްމަދު ސޯލިހާއި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު
ރައީސުލް ޖުމްހޫރިއްޔާ ިއިބްރާހިމް މުހައްމަދު ސޯލިހާއި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު
ރައީސް އޮފީސް
ޑީއާރުޕީ
ގާސިމް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަން ހާމަ ނުކުރައްވަނީ ރައީސް ސޯލިހަށް އޮޅުވާލުމަށް: ޖާބިރު
ގާސިމް އަކީ ރައްޔިތުންނަށް އޭނާގެ ހެޔޮކަން ނުބައި ނިޔަތުގައި ދައްކާ ބޭފުޅެއް ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަން ހާމަ ނުކުރައްވަނީ ރައީސުލް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމދު ސޯލިހުއަށް އޮޅުވާލުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޑީއާރުޕީން ކޮށްފައިވާ ޓްވީޓްގައި ވަނީ ގާސިމްއަކީ އިންސާނުންނަށް އޮޅުވާލުމާއި، ރައްޔިތުންނަށް އޭނާގެ ހެޔޮކަން ނުބައި ނިޔަތުގައި ދައްކާ، ހަގީގަތް އޮޅުވާލާ ބޭފުޅެއް ކަމަށެވެ.

Advertisement

އަސްލު ބަރުލަމާނީ ނިޒާމަށް ހިތުގެ އަޑިން ތާއީދުކޮށް، ނަމަވެސް ރައީސް ސޯލިހުއަށް އޮޅުވާލުމަށްޓަކައި އެކަން އެކަން ފާޅުނުކޮށް ހުރި ބޭފުޅެއް ކަމަށް ޖާބިދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކަރު ކޯލިޝަންގައި ހިމެނޭ ޕާޓީ އެއް ޕާޓީ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަޤާމްތައް ފުރުއްވި ބައެއް ބޭފުޅުންނާއި އޭރުގެ ސަރުކާރަށް ނިސްބަތްވާ ރައްޔތިންގެ މަޖިލީހުގެ ކުރީގެ މެންބަރުން ވަނީ ޖޭޕީ އާއި ގުޅިފައެވެ.

މި ހަފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް