ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 15:54
ހުޅުމާލޭގައި ހުންނަ ފިޔަވަތި
ހުޅުމާލޭގައި ހުންނަ ފިޔަވަތި
ފިޔަވަތި
ފިޔަވަތި
ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް އިންޑިއާއިން ހިލޭ އެހީދީފި
މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމް ވެގެން ދާނެ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީ ދީފިއެވެ.

އިޖްތިމާއީ- އިގްތިސާދީ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން "ފިޔަވަތި" އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި 1،998،206 ދިވެހި ރުފިޔާ ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނީ، މި މަޝްރޫޢުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްޤީ ކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އައު ކުރުމާއި، ކުދިންގެ ޢާންމު ބޭނުންތަކަށް ބޭނުން ކުރާނެ ޖާގަ ތައްޔާރު ކުރުން ހިމެނޭކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމު ވެގެން ދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިއަހަރުގެ މާރޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

- ކޮމެންޓް