Advertisement
ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 15:49
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޕީޖީ އޮފީސް
އައިޝަތު ބިޝާމް
ޖަވާބުދާރީވުމުގެ ފުރުސަތު ބިޝާމަށް ދޭން، ކޮމިޓީ އަށް ހާޒިރުކުރަނީ
ހާޒިރު ކުރަން ނޯޓިސް ވަނީ ފޮނުވާފައި
އެހެން ނިންމީ 6 މެމްބަރުންގެ ވޯޓުން

މަޤާމުން ވަކި ކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކަމަނާއަށް ނޯޓިސް ފޮނުވަން ފާސްކޮށްފިއެވެ.

ޖުޑީޝަރީ ކޮމިޓީން އެހެން ނިންމީ ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ. ބިޝާމް ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ ވޯޓުންނެވެ. ބިޝާމް ހާޒިރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެެވެ. ރިޒާ ދެކިވަޑައިގަންނަވާ ގޮތުގައި ބިޝަމާށް އިތުރުު ފުރުސަތެއް ދެއްވާކަށް ނުޖެހޭއެވެ. އެއީ ބިޝާމް އަކީ ޤާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ބޭފުޅަކަށްވާ ކަމަށް ކޮމިޓީ މެމްބަރުން އެއްބަސްވެފައިވާތީއެވެ.

ބިޝާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޖީގެ މަޤާމަށް އައްޔަން ކުރެވުނު ދެ ވަނަ ޕްރޮސެކިއުޓަރ ޖެނެރަލެވެ. ބިޝާމްގެ ކުރިން އެމަޤާމުގައި ހުންނެވީ ކުރީގެ ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި މުހުތާޒު މުހުސިނެވެ.

Advertisement

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރެވުނު ތަހުމަތުތަކާއެކު، ޕީޖީގެ މަޤާމުން މުހުތާޒު މުހުސިން ވަކިކުރުމަށްފަހު، އެމަޤަމަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ޕީޖީ ބިޝާމެވެ. އޭގެ ފަހުން ރާއްޖޭގެ ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި، ސިޔާސީ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރެވިގެންދިޔަ އިރު، ޕީޖީގެ މަޤާމުގައި ހުންނެވީ ބިޝާމެވެ.

ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު ގެންދަވަނީ ބިޝާމާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ޕީޖީގެ މަޤާމުން ބިޝާމް ވަކި ނުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް