Advertisement
ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 20:00
ހައްޔަރުކުރި ހަނގުރާމަވެރިން
ހައްޔަރުކުރި ހަނގުރާމަވެރިން
ޓްވިޓަރ
އައިއެސް ހަނގުރާމަވެރިން
ރާއްޖެއަށް ނިޞްބަތްވާ ހަނގުރާމަވެރިން ތަކެއް އަފްޣާނިސްތާނުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކުޑަ ކުދިން ހައްޔަރުކުރި ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ
ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގެ ހަނގުރާމަވެރިން ވެސް ހައްޔަރުކޮށްފައިވޭ

ރާއްޖެއަށް ނިޞްބަތްވާ އައިއެސްގެ ހަނގުރާމަ ވެރިންތަކެއް އަފްޣާނިސްތާނުގައި ހައްޔަރުކޮށްފި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އަފްގާނިސްތާނުގެ ނޫސް އޭޖެންސީއެއް ކަމުގައިވާ ޕަޖްވޮކްއިން ރިޕޯޓްކުރާގޮތުގައި، އެޤައުމުގެ އަސްކަރިއްޔާއިން ވަނީ އައިއެސް ޖަމާއަތުގެ ޖުމްލަ 241 މެމްބަރަކާއި އެ ޖަމާއަތަށް ވާގިވެރިވެދޭ ބަޔަކު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

Advertisement

އޭގެ ތެރޭގައި 107 ކުޑަ ކުދިންނާއި، ހިމެނޭއިރު 71 ފިރިހެނަކާއި، 63 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެމީހުން އަމިއްލައަށް އަމާން ދިނީ ކަމަށާއި ނަންގަރުހާރު ޕްރޮވިންސްގެ އަޗިން އަދި މޮހްމަން ދާރާ އަވަށުގެ ކަމާ ބެހޭ ފަރާތްތަކާ އެމީހުން ހަވާލުވީ ކަމަށްވެސް ބުނެފައިވެއެވެ.

ހައްޔަރުކުރި ހަނގުރާމަވެރިން

އަފްޣާނިސްތާނުގެ ޕަޖްވޮކްއިން ނޫސް އެޖެންސީން ބުނެފައިވަނީ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިންގެ ތެރޭގައި ޕާކިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން، އިރާން، އަޒަރުބައިޖާން، ކަޒަޚްސްތާން އަދި ދިވެހިރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިންވެސް ތިބި ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި ހައްޔަރުކުރި ހަނގުރާމަވެރިން ވަނީ އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ 67 ވަސީލަތެއް އަފްޣާނިސްތާނުގެ ސިފައިންނާ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް