Advertisement
ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 10:02
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޑީކޯވި ދެ މަސްވެރިންނާއިގުޅޭ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް
މި މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޑީކޯވެގެން ފަރުވާ ދެމުން އަންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ދިވެހިން

18 ނޮވެމްބަރު 2019 ވަނަ ދުވަހު ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯވި ހުވަދު އަތޮޅުގެ ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުނު ހާދިސާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އާމްދަނީއާއި ގުޅިފައިވާ މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށްވެސް ރާއްޖެއަށް އެން ނުލިބޭތީ ޑައިވްކޮށްގެން އެން ހިފުމަށް މަސްވެރިންނަށް މަޖުބޫރުވެފައިވާކަމަށެވެ.

އެގޮތުން އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވުމަކީ އާއްމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެއް ކަމަށް މެމްބަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޑިކޯވާ ފަރާތްތަކަށް އަވަސްފަރުވާ ދެވޭނެ އެއްވެސް ވަސީލަތްތަކެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންނެއްގެ ފުރާނަ ގެއްލި، އަދި އެތައް ބަޔަކު ނުކުޅެދޭ ހާލަތުގައި އުޅެންޖެހިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

ކުއްލި މައްސަލަ ހުށަހެޅުމުގެ މަގްސަދަކީ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ހަރުދަނާ ފިޔަވަޅުތައްނާޅުއްވާ ތިބުމުގެ ނަތީޖާއެއްގެ ގޮތުން ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ނުރައްކާތެރި، ހިތްދަތި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

މި ކުއްލި މައްސަލަ ވަނީ ބަހުސްކުރުމަށް ބަލައިގެންފައެވެ. އަދި ކުއްލި މައްސަލައިގެ ބަހުސްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ޑީކޯވެގެން ފަރުވާ ދެމުން އަންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ދިވެހިންނަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ނޮވެންބަރ 2019 | އަންގާރަ 13:38
އެދުރު ހަސަން
އަލްކޮހޯލް ބްރީތް ޓެސްޓް މެޝިން މަޖްލުސްގައި އަދިނުބަހައްޓާތަ؟ޖާބިރުގެ ބަހަކީކޮބާ؟
19 ނޮވެންބަރ 2019 | އަންގާރަ 13:13
އެދުރު ހަސަން
ޖާބިރު ނުބުނަންތަ؟ މަޖްލިސްއަށް ތިމަންނަ ހޮވާދޫފިނަމަ އަމިއްލަޖީބުން ހަރަދު ކޮއްގެންވެސް ޖާބިރައް ނިސްބަތްވާ ސަރަހައްދުގެ މަސްވެރި ރައިއްޔަތުން ނައް ބޭނުންވާ ހުރިހާކަމެއް ކޮއްދޭނެވާހަކަ؟ ކަމެއް ދިމާވީމަ ރެކެން ތިއުޅެގަތީ. އެއިން އާއިލާއަކައް މިވަގުތައް ބޭނުންވާނެ އެހީތެރި ކަމެއް ފޯރު ކޮެއްދެވޭތޯ އުޅެބަލަ؟. ތިއުޅެނީ އާޓު ދައްކަން. ތީ މުޅިންވެސް އެކްޓް ކުރަން ތިއުޅެނީ.