Advertisement
ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 09:44
މަޖިލިސް ރައީސް ގަލޮޅު ދަނޑުގައި މެޗް ބައްލަވަނީ
މަޖިލިސް ރައީސް ގަލޮޅު ދަނޑުގައި މެޗް ބައްލަވަނީ
ރައްޔިތުންގެ މަޖިލިސް
ފުޓްބޯޅަ
ވީހާވެސް ގިނަ ބަޔަކު މިއަދު މެޗް ބެލުމަށް ދަނޑަށް ދިޔުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
މެޗް ބެލުމަށް ދިޔުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗް ބައްލައިލެއްވުމަށް މެމްބަރުން ވަޑައިގެންނެވި

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިއަދު ހަވީރު ގުއާމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، ގަލޮޅު ދަނޑުގައި ކުޅޭ މެޗު ބެލުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

Advertisement

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިމެޗް ބެލުމަށް ދިޔުމުގެ ދައުވަތު މެމްބަރުންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އެމެޗް ބެލުމަށް ހުރިހާ މެމްބަރުންވެސް ވަޑައިގެންދެވުން އެދޭކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ މެޗުން ރާއްޖެ މޮޅުވުމާމެދު ޝައްކުނުކުރައްވާ ކަމަށެވެ. އަދި މިމެޗުތަކަކީ ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގައި ހިމެނުމަށް ޖާގަ ލިބޭ މެޗުތައް ކަމަށެވެ.

ހަމަމިއާއެކު ގަލޮޅު ދަނޑުގައި ކުޅެވޭ މެޗުތަކަށް ދުވަހުން ދުވަހަށް މީހުންގެ ޝައުގުވެރިކަން ކުޑަވަމުން ކުޑަވަމުން އެބަދޭ. ދެން އެއީ ވަރަށް ހިތާމަވެރި މަންޒަރެއް. ވަރަށް ބޮޑު އެދުމެއް އެއީ އަޅުގަނޑަށް ޔަގީން ވީހާވެސް ގިނަބަޔެއް ބޯޅަ ދަނޑަށް ދިޔުން. ބޯޅަ ބަލަން ހަވީރު ދިޔުން. އެވަގުތު ބޯޅައަށް ހުސްކުރެއްވުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން މިއަދު ހަވީރު ބޯޅައަށް ހުސްކުރައްވާ ހުރިހާ މެމްބަރުންވެސް ހަވީރު މެޗް ބެލުމަށް ވަޑައިގެންނެވުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިިދިޔަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ، މަޖިލީހުގެ ރައީސްވެސް ހިމެނޭ ގޮތަށް ވަނީ ވަޑައިގެން ގައުމީ ޓީމަށް ތަރުހީބު ދެއްވާފައެވެ. މެމްބަރުން އެދުވަހު މަޖިލީހަށް ވަޑައިގެންނެވީ ބެރު ދުންމާރި ހިފައިގެން ހުރިހާ މެމްބަރުން ސަފު ހައްދަވާފައި ހިންގަވާފަ އެވެ. މަޖިލީހުގެ ރައީސް ހުންނެވީ އެންމެ ކުރީގައި ބެރު ހިއްޕަވައިގެންނެވެ.

ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅޭ މެޗްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްބޭފުޅުން ޖާޒީ ތުރުކުރައްވައިގެން ދަނޑަށް ވަޑައިގަންނަވައެވެ. އަދި މެޗްތަކުގެ ފޯރި އިތުރުކުރުމަށް އެފްއޭއެމްއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ނޮވެންބަރ 2019 | އަންގާރަ 12:59
އެދުރު ހަސަން.
ގޮވާލާކޮންމެ ފަހަރަކު ޢަހަރަމެން ދަމެއްނު. އަޑުގެ ނެތްވަރައް ހަޅޭލަވާ ސަޕޯޓު.ވެސް ކުރަމް. .ދަނޑުމަތީގަ ކުޅުން ތެރިން މޮޅުކުޅުމެއް ނިކަންދައްކަދީބަލަ. ސަޕޯޓުކުރަން އިތުރު ހިތްވަރެއްވެސް ލެވޭނީ އެއިރުނެއްނުންތަ.. ނަޝީދުބުނީތީ ކޮންމެގޮތެއް ހަދާފަވެސް މަދާނަން..