Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 23:40
މި މަޝްރޫއު އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އިފްތިތާހުކޮށްދެއްވަނީ
މި މަޝްރޫއު އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އިފްތިތާހުކޮށްދެއްވަނީ
އެމްޓީސީސީ
އެމްޓީސީސީ
ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަޝްރޫއު އެމްޓީސީސީން ފަށައިފި
މި މަޝްރޫއުގެ އަގަކީ 28،247،365 ރުފިޔާ
އައްޑޫސިޓީގެ 7 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީ އިން މިހާރު ކުރިއަށް ގެންދޭ
މި ހުރިހާ މަޝްރޫއެއްގެ އަގު 328 މިލިއަން ރުފިޔާ އަށް އަރާ

އައްޑޫސިޓީ ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަޝްރޫޢު ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއޫ އިފްތިތާޙުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސ. މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ އަގަކީ 28،247،365 (އަށާވީސް މިލިއަން ދެލައްކަ ސާޅީސް ހަތް ހާސް ތިންސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާއެވެ.

Advertisement

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ބަނދަރު ފަޅީގައި 276 މީޓަރަށް އެލް ބްލޮކް ޖައްސާ، މޫދާވީ ފަރާތަށް 340 މީޓަރަށް ބޮޑު ހިލަ ޖަހާނެ ކަމަށާއި، އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބޭރު ތޮށީގައި ގާ އެތުރުމާއެކު ބަނދަރު ބައްތި ޖަހާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މިހާރުވެސް އައްޑޫސިޓީގައި 7 މަޝްރޫއެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. އޭގެތެރޭގައި، ބަނދަރު ހެދުމުގެ 03 މަޝްރޫޢާއި، މަގު ހެދުމުގެ މަޝްރޫޢަކާއި، ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ ދެ މަޝްރޫއެއްގެ އިތުރުން ސުވަރޭޖް ފެސިލިޓީ ޤާއިމުކުރުމުގެ އެއް މަޝްރޫޢު ހިމެނެއެވެ. މި ހުރިހައި މަޝްރޫޢެއްގެ އަގު 328 މިލިއަން ރުފިޔާ އަށް އަރާކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
19 ނޮވެންބަރ 2019 | އަންގާރަ 08:17
އެދުރު ހަސަން
ޔާމީން ސަރުކާރުން މަރަދޫ ބަދަރު ހަދަން ފަޝައިގަތީމަ މައޭރުގަވެސް ބުނިން މިއޮތް ޒަމާމާނުގައި އުމަރުޒާހިރު ސިމިންތި ބަސްތާ ޖައްސައިގެން ބަނދަރު ހަދާގޮތައް ހެދީމަ މިޒަމާނަކައް ފިޓެއް ނޫނޭ. އެއްވެސްކުރެހުމެއް ޕްލޭނެއްނެތި ބަނދަރު ހަދާޝޯ މިއުޅެނީ ކިޔާފައައިސް ވަޅެއްކޮންނަ ހެން ފަސްނަގާފަ ފުންކުރިޔަސް ކަމަކުނުދާނެވާހަކަ.. މަދުރުގަހުއްޓއްސް ބަނދަރު މަށައް އެބަސިފަވޭ މިހާރު. ހަވީރު ފޫހިފިލުވާލަން ބޭރުތޮއްޓައްވެސް މިހާރު ދެވޭނެ ވިއްޔާ. ހަގީގަތުގަވެސް ހެއު ވެރިކަން މިފެންނަނީ. ޕްރޮޖެކްޓަކައް ކަޑައަޅާބަޖެޓުގެ ބޮނޑު ބައެއް ޖީބައްކަހާލަވާހަކަ މީގެ ކުރިން އަޑުއިވެނީ. އޭރު ކޮންބަދަރެއް ހެދޭނީ. .