Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 19:04
ތުތިބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް)
ތުތިބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް)
ޝުއައިބް މުހައްމަދު އިގްބާލް
ތުތި ބޯވަދިލަމަސް
ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުޞަތެއް!
މިއީ މި ޕްރޮގްރާމް އާންމުކޮށް ހުޅުވާލާ 6 ވަނަ ފަހަރު
ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޑިސެމްބަރ މަހުގެ 5 ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފަ
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތަޢާރަފުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއް

ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގު ދައްކާގޮތަށް ދޫކުރަން ޚާއްޞަ ޕްރޮގުރާމެއް ހިންގަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެގޮތުން ހިންގާ މި ޕްރޮގްރާމަކީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށާއި، މިފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ސެޓް ކަމަށެވެ.

މިނިސްޓްރީން ބުނީ މިތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ އެމިނިސްޓްރީގެ ފެޑް ސެންޓަރއިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ކަމަށާއި، ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

Advertisement

މިނިސްޓްރީން ވަނީ އެކަމަށް އެދި ހުށަހަޅުމުގެ ފުރުޞަތު ޑިސެމްބަރ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާއި ހަމަޔަށް ހުޅުވާލާފައެވެ. މިއީ މި ޕްރޮގްރާމް ޢާންމުކޮށް ހުޅުވާލާ 6 ވަނަ ފަހަރެވެ.

ޑައިމެންޑް ބެކް ސްކުއިޑްގެ (ތުތި ބޯވަދިލަމަސް) މަސްވެރިކަން ދިވެހި ރާއްޖެ އަށް ތަޢާރަފުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ސަރުކާރުން ވަނީ ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ކަމަށްޓަކައި މަސްވެރިންނަށް ތަފާތު ތަމްރީނު ޕްރޮގުރާމްތައް ހިންގައި ވަޞީލަތްތައް ވެސް ފޯރުކޮށްދީފައެވެ. ބައެއް ފަރާތްތަކުން ވަނީ މި މަސައްކަތް މިހާރު ކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް