Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 16:30
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ޓްވިޓަރ
ކުންފުނި އުވާލުން
އަހަރީ ފީ ނުދައްކާ 19 ކުންފުންޏެއް އުވާލަން ނިންމައިފި
އެއީ 2017އިން 2018 ގެ ނިޔަލަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކެއް
ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ އެކަމާގުޅޭ ތަފްސީލުތައް 03 ޑިސެމްބަރ ގެ ކުރިން ހުށައެޅޭނެ
ކުންފުނިތައް އުވާލެވޭ 3 ގޮތެއް އޮވޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ ރަޖިސްޓަރަރ އޮފް ކޮމްޕެނީޒްއަށް ލިބިފައިވާ ބާރުގެ ދަށުން އަހަރީ ފީ ނުދައްކާ 19 ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.

އާދިއްތަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ، އާންމު ކޮށްފައިވާ 19 ކުންފުންޏަކީވެސް "ކުންފުނި އުވައިލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވައިދު" ގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން 2017 އިން 2018 ގެ ނިޔަލަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް ކަމަށެވެ.

Advertisement

އޭގެ އިތުރުން، އާންމު ކޮށްފައިވާ 19 ކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏެއް އަލުން ހިންގަން ކުންފުނީގެ ވެރިން ބޭނުންވާނަމަ އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން 03 ޑިސެމްބަރ 2019 ގެ ކުރިން ފުރިހަމަކުރުމަށްފަހު އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު ހުށައެޅުމަށާއި، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށްފައި ހުށައެޅުމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އުވާލަން ނިންމާފައިވާ ކުންފުނިތައް

އޭގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ އެކަމާގުޅޭ ތަފުޞީލުތައް 03 ޑިސެމްބަރ 2019 ގެ ކުރިން ހުށައެޅުމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް އުވާލެވޭ 3 ގޮތެއް އޮވެއެވެ. އެއީ ކުންފުނި އުވާލުމަށް އެ ކުންފުންޏަކުން އަމިއްލައަށް ކަނޑައެޅުމާއި، ކުންފުނި އުވާލުމަށް ކޯޓަކުން އަމުރެއް ނެރުމާއި، ކުންފުނި އުވާލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ނިންމެވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް