Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 13:59
ސްކޫލު ދަރިވަރުންތަކެއް
ސްކޫލު ދަރިވަރުންތަކެއް
ޓްވިޓަރ
އެޑިޔުކޭޝަން
ސްޓޭޝަނަރީ ވައުޗަރާއި ގުޅިގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ހިންގުމަކީ މަނާ ކަމެއް: އެޑިޔުކޭޝަން
ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި
ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށް ވަނީ އިލްތިމާސްކޮށްފައި
ކްރެޑިޓަށް ތަކެތި ދޫކުރާނެ ބުކްޝޮޕްތަކުގެ ނަންތައް ވަނީ އާންމުކޮށްފައި

އަންނަ އަހަރު ސްކޫލު ދަރިވަރުން ބޭނުން ކުރުމަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރާއި ގުޅިގެން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް، ހިންގުމަކީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބޭނީ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 2020 ވަނައަހަރުގެ ސްޓޭޝަނަރީ ވައުޗަރާއި ގުޅިގެން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް، 2019 ނޮވެންބަރު 15 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ހިންގުމަކީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމެއް ކަމަށެވެ. އަދި އެފަދަ ހަދިޔާއެއްލިބޭ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށް ބެލެނިވެރިންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކްރެޑިޓަށް ތަކެތި ދޫކުރާނެ ބުކްޝޮޕްތަކުގެ ނަންތައް އާންމުކޮށްފައެވެ. މާލެ އާއި ހުޅުމާލޭގެ ބުކްޝޮޕްތަކުގެ އިތުރުން އަތޮޅު ތެރޭގައި ރަށްތަކުގެ ވިޔަފާރިތައް ހިމެނޭ ގޮތަށް ޖުމްލަ 48 ބުކްޝޮޕް އެ ލިސްޓްގައި ހިމެނެއެވެ.

އަހަރީ ޗުއްޓީގެ ގޮތުގައި ދޮޅު މަހުގެ ޗުއްޓީ ދަރިވަރުންނަށް ލިބޭއިރު، މިއަހަރުގެ ދިރާސީ އަހަރު ނިމޭނީ މިމަހުގެ 21 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް